ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ނެރުނު ބަޔާނެއްގައި މޯދީ ވިދާޅުވެފައި ވަނީ ރާއްޖެއަކީ އިންޑިޔާގެ ސަލާމާތާއި ކުރިއެރުމުގެ ތަސައްވުރު ކަމުގައިވާ "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން" ގާއިމުކޮށްދޭން އިސްދައުރެއް އަދާކުރަމުން އަންނަ ގައުމެއް ކަމަށެވެ.
އިންޑިޔާ އާއި ރާއްޖެ އާ ދެމެދު އޮތް ގާތް ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް މޯދީ ވިދާޅުވި އެވެ.
ރާއްޖެ އާ ގުޅިގެން އިންޑިއާއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަމާ އެކު މޯދީ ވަނީ މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ކުރިިއަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.