
އެސަމިޓްގައި މުހިންމު ފަސް މާއްދާއަކަށް ބަހާލައިގެން ގަރާރެއް ފާސްކުރަން ހުށަހެޅުނެވެ.
އެގޮތުން އިޒްރޭލަށް ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވައި އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީބޭސްތައް މެދުވެރިކޮށް އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވަން ހުށަހަޅާފައިވެއެވެ.
އެ ހުށަހެޅުންތަކާއި ދެކޮޅަށް ވޯޓް ދިނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ޖޯޑަން އަދި މޮރޮކޯ އެވެ. މިގައުމުތަކުން ދެކޮޅު ހެދުމުން އެހުށަހެޅުންތައް ފާސްވާގޮތެއް ނުވިއެވެ.
އެގާރަ ގައުމަކުން އެންޑޯސްކޮށް ހަތަރު ގައުމަކުން ބާތިލްކުރި މާއްދާތައް:
1) އަރަބި ޤައުމުތަކުގައި އެމެރިކާއާއި އެހެނިހެން އަސްކަރީ މަރުކަޒުތައް އިސްރާއީލަށް ހަތިޔާރާއި ވަޒަން ފޯރުކޮށްދިނުމަށް ބޭނުންކުރުން ހުއްޓުވުން.
2) އިސްރާއީލާއެކު އަރަބިންގެ ޑިޕްލޮމެޓިކް، އިގްތިސާދީ، ސަލާމަތީ އަދި އަސްކަރީ ގުޅުންތައް ހުއްޓާލުން.
3) ތެލާއި އަރަބި އިގްތިސާދީ ގާބިލުކަން ބޭނުންކޮށްގެން އުދުވާނީ އަމަލުތައް ހުއްޓުވުމަށް ޕްރެޝަރު ކުރުމުގެ އިންޒާރު ދިނުން.
4) އިސްރާއީލުގެ ސިވިލް އޭވިއޭޝަން އަރަބި ވައިގެ ސަރަހައްދުގައި އުދުހުން ހުއްޓުވުން.
5) ގައްޒާއަށް އިސްރާއީލުން ކުރާ އަނިޔާ ހުއްޓުވުމަށް އަރަބި ސަމިޓުން އެދުނު ގޮތަށް ކަންތައްކުރުމަށް ވަގުތުން ނިއުޔޯކާއި ވޮޝިންޓަންއާއި ބްރަސެލްސްއާއި ޖެނީވާއާއި ލަންޑަން އަދި ޕެރިހަށް ދަތުރުކުރާ އަރަބި މިނިސްޓަރީ ކޮމިޓީއެއް އެކުލަވާލުން.
މި ޕްލޭން ހުށަހެޅި އަދި ތާއީދުކުރި އަރަބި ގައުމުތައް:
1) ފަލަސްތީން
2) ސީރިޔާ
3) އަލްޖީރިއާ
4) ތޫނީސިއާ
5) އިރާގު
6) ލުބުނާން
7) ކުވައިތު
8) ގަތަރު
9) އޮމާން
10) ލީބިޔާ
11) ޔަމަނު
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ކުއްލި ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާގައި 1200 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެއެވެ.
އޭގެ ފަހުން އިސްރާއީލުން ގައްޒާއަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާއި އެއްގަމު މަގުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 11،000 އަށް ވުރެ ގިނަ މީހުން މަރުވެ އަދި ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެ އެވެ.