
މިއަދުގެ ޖަލްސާ، ހެނދުނު 9 ޖެހިއިރު، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅުއްވާފައިވާ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް ސަލާމް ފޮނުއްވާފައިވުމުން، ރިޔާސަތާ ހަވާލުވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ.
ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ނިސްބަތްވާ ދަ ޑިމިކޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެކެކެވެ. އާޒިމްގެ ނިޒާމީ މައްސަލައަކަށްވީ މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމެވެ. އެ މައްސަލައަށް ރިޔާސަތުން އަފީފް ޖަވާބު ދެއްވުމާއެކު، އަނެއްކާވެސް އާޒިމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ.
އޭގެ ފަހުން، ޑިމޮކްރްޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހީމް ރަޝީދުވެސް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އޭގެ ފަހުން، އެމްޑީޕީގެ ފަރާތުން މަވޯޓާ ޝަރީފް ނިޒާމީ މައްސަލައެއް ހުށަހެޅި ފަހުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުވެސް ނިޒާމީ މައްސަލައެއް ހުށަހެޅުއްވިއެވެ.