ads
ރައީސް ނަޝީދު އަދި ދަ ޑިމޮކްރެޓްސްގެ އިސްބައެއް ބޭފުޅުން
ނަޝީދުގެ އިތުބާރުނެތް ގަރާރު ހުށަހަޅަން ފުރުސަތެއް ނުދޭނަން: ޑިމޮކްރެޓްސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް ހުށަހަޅާފައިވާ ގަރާރެއް ނޫން ކަމަށާއި، އެ ގޮތަށް އެ ގަރާރު ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ބުނަން ފަށައިފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ، ފެށުމާއި އެކު ޖަލްސާވަނީ ނިޒާމީ ނުކުތާގެ އޮއިވަރެއްގައި ހޫނުވާން ފަށާފައެވެ. 

މިއަދުގެ ޖަލްސާ، ހެނދުނު 9 ޖެހިއިރު، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅުއްވާފައިވާ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް ސަލާމް ފޮނުއްވާފައިވުމުން، ރިޔާސަތާ ހަވާލުވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ. ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ނިސްބަތްވާ ދަ ޑިމިކޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެކެކެވެ. އާޒިމްގެ ނިޒާމީ މައްސަލައަކަށްވީ މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމެވެ. އެ މައްސަލައަށް ރިޔާސަތުން އަފީފް ޖަވާބު ދެއްވުމާއެކު، އަނެއްކާވެސް އާޒިމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ.  

އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ގަރާރެއް ކަމެއް ކުއްލި މައްސަލައެއް ކަމެއް ސާފު ނުވާ ކަމަށެވެ. އޭގެ ޖަވާބުގައި ރިޔާސަތުން އަފީފް ވިދާޅުވީ މި އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާފައިވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެ ސުވާލަށް ޖަވާބު ލިބުމުން، ނިޒާމީ ނުކުތާ ހުށަހަޅުއްވަމުން، އާޒިމް ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށެވެ.

"...މި ގަރާރުގައި އަޅުގަނޑަށް ނުފެނޭ ދީބާޖާއެއް އޮންނަންޖެހޭ ކަމަށް. އެ އޮތް ކަމަކަށް އަޅުގަނޑަކަށް ގައިމު ވެސް ނުފެނޭ،" އެ ނޫން ގޮތަކަށް ގަރާރު ކުރިއަށް ގެންދަން ފުރުސަތު ނުދޭނެކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވި އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް