ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް
ފައްޔާޒް ނަޝީދަށް: ވޯޓާ ކުރިމަތިލައްވާ!
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި އަމަލުކުރަމުންދާ ގޮތަށް ފާޑުވިދާޅުވެ ވޯޓާ ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، އެ ގަރާރު ބޭރުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން މިއަދުވަނީ ކުއްލި އަކަށް ނިންމަވާލައްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދަށް ގޮވައިލެއްވީ ވޯޓާ ކުރިމަތި ލެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ، ނިޒާމީ ނުކުތާގެ އޮއިވަރެއްގައި ހޫނުވާން ފެށުމަށް ފަހު، ކުއްލިއަކަށް އަފީފް ޖަލްސާ ނިންމަވައިލެއްވީ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެއެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނެވީ، މިއަދުގެ ޖަލްސާ، ހެނދުނު 9 ޖެހިއިރު، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅުއްވާފައިވާ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް ސަލާމް ފޮނުއްވާފައިވުމުންނެވެ.

ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ނިސްބަތްވާ ދަ ޑިމިކޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެކެކެވެ. އާޒިމްގެ ނިޒާމީ މައްސަލައަކަށްވީ މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމެވެ. އެ މައްސަލައަށް ރިޔާސަތުން އަފީފް ޖަވާބު ދެއްވުމާއެކު، އަނެއްކާވެސް އާޒިމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައި އެޖެންޑާ އިއްވުމާ އެކު ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން، ގަރާރު "ގަވައިދާ ހިލާފު ކަމަށް" ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. އެއާ އެކު ހޫނު ބަހުސެއް ހިންގަން ފުރުސަތު ދެއްވުމަށް ފަހު މަޖިލީހުގެ ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އިއުލާނުކުރެއްވީ ޖަލްސާ ނިންމަވައިލެއްވީ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް