ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:މަޖިލިސް
އާލާސްކަންފުޅާ އުޅުއްވާތީ މާދަމާގެ ޖަލްސާގައި މިނިސްޓަރު އަމީރު ބައިވެރިވެވަޑައިނުގަންނަވާ
ބަލި ހާލަތު ހުރިގޮތުން ރައްޔިތުންގެ މަޖިލީހުގައި މާދަމާ އޮންނަ ބަޖެޓް ހުށަހަޅަން އެޖެންޑާކުރި ޖަލްސާގައި ބައިވެރިވަޑައިގަނެވެން ނެތްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް އަންގަވައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިރޭ އަމީރު ފޮނުއްވި ސިޓީގައި ވިދާޅުވީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ތާވަލުކޮށްފައިވީ ނަމަވެސް ބަލިހާލަތު ހުރިގޮތުން އެ ޖަލްސާއަށް ހާޒިރުވެވެން ނެތް ކަމަށެވެ.

މާދަމާ ދެ ޖަލްސާ ބާއްވަން މަޖިލީހުގެ އިދާރާއިން ވަނީ ތާވަލްކޮށްފައެވެ. އެގޮތުން 9 ޖަހާއިރު އޮންނަ ޖަލްސާއަށް 2024އަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަދި ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން އެޖެންޑާކޮށްފައި ވާއިރު، 11:00 އަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތް މައްސަލަ އެޖެންޑާކޮށްފަވެއެވެ.  

އަންނަ އަހަރަށް ދަޢުލަތުން ލަފާކުރާ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން، ރައްޔިތުންގެ މަޖިލީހަށް ފާސްކުރުމަށް ހުށައަޅުއްވާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓު ހުށައެޅުއްވުމުގެ ކުރިން ފިނޭންސް މިނިސްޓްރީން އާއްމުކުރެއްވި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވަނީ 2024ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާކަމަށެވެ.

 އެއީ ބޭސްލައިން ހަރަދާއި، ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ އަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކަށް ބަލައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް