ads
ސުހާނާ އަދި އާރިޔަން
ސުހާނާ ބޭބެއަށް އުފަން ދުވަހުގެ ތަހުނިޔާކީ އާންމުކޮށް ނުފެންނަ ފޮޓޯއަކުން
ސުހާނާ ހާން އޭނާގެ ބޭބެ އަރްޔަން ހާން އަށް އުފަންފުވަހުގެ ތަހުނިޔާ ކިޔަން އާންމުކުރި ފޮޓޯއަކަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މިގޮތުން ސުހާނާ ވަނީ މީގެ އެއް ހަރަދު ދުވަހުގެ ކުރީގެ ފޮޓޯއެއް ރިޕޯސްޓުކޮށް އެނާގެ ބޭބެއަށް އުފަންދުވަހުގެ ތަހުނިޔާ އިންސްޓަގްރާމުގައި ކިޔައިފައެވެ. 

އެ ފޮޓޯއިން ފެންނަނީ ސުހާނާއާއި އާރިޔަން ކުއްތާއެއް ގޮވައިގެން ސޯފާގައި ތިބޭތަނެވެ. 

ގިނަބަޔަކު އަންނަނީ ސުހާނާ އާންމުކުރި ފޮޓޯއަށް ތައުރީފުކޮށް، އެއީ ކޮއްކޮއަކާއި ބޭބެއްގެ މިސާލެއްކަމަށް ބުނަމުންނެވެ. 

އާރިޔަން އާއި ސުހާނާއަކީ ބޮލީވުޑްގެ 'ރަސްގެފާނު' ޝާހުރުކް ހާންގެ ދެ ދަރިންނެވެ. 

ސުހާނާ މަސައްކަތްކުރަމުން އަންނަނީ މަޝްހޫރު ކޮމިކް ސީރީޒްގެ އިންޑިއާގެ އެޑެޕްޓޭޝަނެއް ކަމަށްވާ ޒޯޔާ އަޚްތަރުގެ "ދަ އާޗީސް" ގައިއެވެ. މި ފިލްމުގައި ޚުޝީ ކަޕޫރާއި، އަގަސްތާ ނަންދާ، މިހިރު އަހޫޖާ، ޔޫއްޕެ މެންޑާ، ޑޮޓް، އަދި ވެޑަންގް ރައިނާ ވެސް ފެނިގެންދާނެ އެވެ. އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ފިލްމު ރިލީޒް ކުރާނެއެވެ. މިއީ ސުހާނާގެ ފިރަަތަމަ ފިލްމެވެ. 

އާރިޔަން ބުނަމުން އަންނަނީ އެނާ އެކްޓުކުރަން ބޭނުންނުވާކަމަށާއި އަބަދުވެސް ފިލްމު އުފެއްދުމާއި ވިޔަފާރިވެރިކަމަށް ލޯބިކުރާކަމަށެވެ. އޭނާ ވަނީ ދަ އިންކްރެޑިބަލްސް އަށް އަދި ދަ ލަޔަން ކިންގް ގައި ސިމްބާގެ ރޯލުން ވެސް އޭނާގެ އަޑު އަޅާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ "ސްޓާޑަމް" ގެ ނަމުގައި އޯޓީޓީ ސީރީޒެއް އުފެއްދުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް