ދިރާސާވެރިން ބުނާގޮތުން ގިނަ "ޓައިމް އޮޕްޓިމިސްޓް" މީހުންނަކީ ކަމެއް ނިންމުމަށް ހޭދަވާނެ ވަގުތު އަންދާޒާކުރަން ނޭގޭ މީހުންނެވެ. މި ސިފަ ހުންނަ މީހުންނަކީ ކަންކަން ކުރުމުގައި އަދި ތަންތަނަށް ދިއުމުގައި ލަސް ބައެއް ނަމަވެސް، އެމީހުން ކުރާ މަސައްކަތް ގަޑިއަށް ނުވަތަ އެއަށްވުރެ އަވަހަށް ނިންމޭނެކަމަށް އެމީހުން އުންމީދު ކުރެއެވެ.
މީހަކު "ޓައިމް އޮޕްޓިމިސްޓް" އަކަށް ވެދާނެ އެއް ސަބަބަކީ އެމީހަކު ދިރިއުޅުމާމެދު ދެކޭ ޕޮޒިޓިވް ވިސްނުމެވެ. މިގޮތުން ލަސްވިއަސް އެމީހަކު ކުރާކަމެއް ރަނގަޅަށްކޮށް ނިންމުމަކީ "ޓައިމް އޮޓިމިސްޓުންގެ" ސިފައެއްކަމަށް ދިރާސާވެރިން ގަބޫލުކުރެއެވެ.
އަނެއް ސަބަބަ އެމީހުންނަށް ދިރިއުޅުމުގައި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ދަތިވުމެވެ. މިގޮތުން ކުރަންއުޅޭ ކަމަކާއި ދުރުކުރާ ތަފާތު ވަސްވާސްތަކުގައި ޖެހި ހެއްލުމާއި، ކަމެއް ފަހުންކުރާނެކަމަށް ވިސްނައި ލަސްކުރުން ވެސް ހިމެނެވެ.
"ޓައިމް އޮޕްޓިޒަމް" އާއި އެންޒައިޓީ ނުވަތަ ކަންކަމާ މާބޮޑަސް ހާސްވުމާއި ވެސް ގުޅުމެއް އޮވެދާނެވެ. މިގޮތުން އަވަހަށް ކަމެއް ނިންމުމަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ހެދޭ ގޯސްތަކުގެ ސަބަބުން ވެސް ހަގީގަތުގައި މަސައްކަތް ލަސްވެގެންދެއެވެ.
ތިރީގައި މިވަނީ ތިބާއަކީ "ޓައިމް އޮޕްޓިމިސްޓިކް" މީހެއްނަމަ އަމަލުކުރެވިދާނެ ބައެއް ގޮތްތަކެވެ