ads
ތަނިޝްތާ ޗަޓަޖީ ދަރިފުޅާއެކު
"ޔެލޯ ބަސް ކުޅުނުއިރު ދަރިފުޅާ ގުޅުން ކަނޑާލިން"
ހިންދީ ފިލްމު ޔެލޯ ބަސްގެ ލީޑް ރޯލް ކުޅުނު ބަތަލާ ތަނިޝްތާ ޗަޓަޖީ ފިލްމުގެ ޝޫޓިންގައި ދަރިފުޅާ ގުޅުން ކަނޑާލިކަމަށް ބުނެފިއެވެ.

މި ފިލްމުގައި ކިޔައިދެނީ މެދުއިރުމަތީގެ ސަހަރާއެއްގައި ސްކޫލުބަހެއްގެ ތެރެއިން ދެ މަފިރިއެއްގެ ދަރިއެއް ގެއްލޭވާހަކައެވެ.  

ތަންނިޝްތާ ބުނީ އޭނާ ދުބާއީއަސް ދަމުން އަންހެން ދަރިފުޅު ނުގެންގެންދިޔައީ ދަރިފުޅުގެ ރޫޓިން އާއި ސްކޫލަށް ބުރޫއަރާކަށް ބޭނުމެއް ނުވި ނަމަވެސް މައިގަނޑު ސަބަބަކީ ހިތާމަވެރި މަންމައެއްގެ ރޯލު އަދާކުރުމުގެ ކުރުމަށްފަހު ކޮންމެ ދުވަހަކު އެނބުރި ދަރިފުޅުގާތަށް އަންނަން ބޭނުން ނުވާތީ ކަމަށެވެ. 

ފިލްމު ޝޫޓުކުރިއިރު ދަރިފުޅާ ވާހަކަ ދައްކަމުން ދިޔައީ ހަމައެކަނި ހަފްތާ ބަންދުގައި އެކަނި ކަމަށް ވެސް ތަނިޝްތާ ބުންޏެވެ. އޭނާ ބުނީ 

"ޝޫޓިންގެ ތެރޭގައި ދަރިފުޅާ ގުޅުން ކަނޑާލަން ބޭނުންވީ ރޯލަށް ފޯކަސްކުރަންވެގެން،" 

ޔެލޯ ބަހުގައި ތަނިޝްތާގެ ރޯލުގެ ޚާއްސަކަން ފާހަގަކޮށްލެވެނީ އޭނާގެމޮޅު ޕާފޯމަންސްގެ ސަބަބުންނެވެ. ހިތާމައާއި ގެއްލުމުގެ ނާޒުކު ސިފައެއް ދައްކުވައިދޭ މި ފިލްމަށް ގިނަބައެއްގެ ތައުރީފު ވަނީ ލިބިފައިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް