އަމީރު މަޖިލީހަށް ވަޑައިނުގަންވާނެކަން އެންގެވީ އޭނާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
އެސީފުޅުގައި ވިދާޅުވެފައިވަނީ އޭނާ އާލަސްކަންފުޅާ އުޅުއްވާކަމަށެވެ.
"13 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުއްވުން އޮތް ކަމުގައި ވީ ނަމަވެސް އަޅުގަނޑުގެ ބަލިހާލަތު ހުރި ގޮތުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެން ނެތްވާހަކަ ހިތާމައާއެކު ދެންނެވީމެވެ،" އަމީރު ވިދާޅުވެފައިއެވެ.
މިއީ ބަޖެޓު މައްސަލަ އެޖެންޑާކުރި ފަހުން އަމީރު މަޖިލީހަށް ވަޑައިނުގެންނެވި ދެ ވަނަ ފަހަރެވެ.
ބަޖެޓު ހުށަހަޅަން ފުރަތަމަ އެޖެންޑާކުރި ޖަލްސާއަށް ވަޑައިނުގެންނެވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނިންމެވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި އެހެން މަސައްކަތެއް މަޖިލީހުގެ ތެރެއިން ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ދެއްވި ލަފައަކާ ގުޅިގެންނެވެ.