ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ރާއްޖޭން ފްރާންސާއި ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގެން ވިސާއަށް އެދެވޭނެ ގޮތް ވަނީ ހަމަޖައްސާފައި - ފޮޓޯ:ފޮރިން މިނިސްޓްރީ
ޝެންގެން ވިސާއަށް ހުށަހެޅޭ ލިސްޓަށް ފްރާންސާއި ސްޕެއިން އަދި ޕޯޗުގަލް
ރާއްޖޭން ފްރާންސާއި ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގެން ވިސާއަށް އެދެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިއްޔެއިން ފެށިގެން އެ ވިސާއަށް އެދެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާ އެކު ވިސާއަށް އެދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް މާލޭގައި ވީއެފްއެސް ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވާފައި ވަނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު އެވެ. މި ސެންޓަރު މެދުވެރިކޮށް ޔޫރަޕުގެ ގިނަ ގައުމުތަކަކަށް ޝެންގެން ވިސާއަށް ރާއްޖޭން އެޕްލައިކުރުމުގެ ފުރުސަތު ތަނަވަސްވުމުގެ ސަބަބުން ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލަން ޖެހުނު ތަކުލީފުތައް ނައްތާލެވި، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަ ކަމަށް ދެކޭ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ހިދުމަތް އިތުރަށް ފުޅާކުރުމަށް ޝެންގަން ޒޯނުގައި ހިމެނޭ ގައުމުތަކުގެ ހާރިޖީ ވުޒާރާތަކާ ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މާލޭގައި ހުންނަ މި ސެންޓަރުން ސްވިޓްޒަލެންޑުގެ ޝެންގަން ވިސާއަށް އެދެވޭނެ ގޮތް މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު ހަމަޖައްސާފައިވާ ކަމަށެވެ.

މި ސެންޓަރު މެދުވެރިކޮށް ޝެންގެން ވިސާ ހޯދުމަށް އެދެވޭނެ ގައުމުތަކަކީ:

  • ސްވިޒަލެންޑް
  • ބެލްޖިއަމް
  • ނެދަލޭންޑްސް
  • ޕޮލެންޑް
  • ލަގްޒެމްބަގް
  • ސްލޮވީނިއާ

މި ލިސްޓަށް އަލަށް އިތުރުކުރި ފްރާންސާއި ސްޕެއިން އަދި ޕޯޗުގަލް އާއެކު މިހާރު ރާއްޖޭގައި ހުރެގެން ޔޫރަޕުގެ ނުވަ ގައުމެއްގެ ޝެންގެން ވިސާއަށް ހުށަހެޅޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް