ads
މަޖިލީހުގެ ރައީސް ނަޝީދު
ނަޝީދު ވަކިކުރުމުގެ ޖަލްސާއެއް ހަވީރަށް ތާވަލުކޮށްފި
މަޖިލިސް ހުއްޓިފައިވާ ރައީސް ނަޝީދުގެ އިތުބާރާ ގުޅޭ އިތުރު ޖަލްސާއެއް ހަވީރު ހަތަރެއް ޖަހާއިރަށް ތާވަލުކޮށްފިއެވެ.
Advertisement

ނަޝީދުގެ އިތުބާރާ ގުޅޭ މައްސަލައެއް ހަވީރަށް މި ތާވަލު ކުރީ، ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވެފައި ވަނިކޮށެވެ.

މަޖިލީހުގެ އިދާރާއިން އާންމުކުރި އެޖެންޑާގައި ހިމަނާފައިވަނީ ނަޝީދު ވަކިކުރުމުގެ ގަރާރު އެކަންޏެވެ. މިއަދު 11:00 ގައިވެސް އެ ގަރާރު ކުރިއަށް ގެންދިއުމަށް ޖަލްސާއެއް ފެށި އެވެ. އެޖެންޑާކުރި މައްސަލަ ކުރިޔަށް ނުގެންދެވުނަސް، 2:30 ވަންދެން އީވާ ރިޔާސަތު ގޮނޑީގައި އިންނެވި އެވެ. އާންމުކޮށް މަޖިލީހުގެ ޖަލްސާތައް 2:30 ގައި ނިންމާލާތީވެ، އީވާ ވެސް މިއަދުގެ ޖަލްސާ ނިންމާލުމަށް ފަހު، ވިދާޅުވީ މާދަމާ ޖަލްސާ ބާއްވާނެ ކަމަށެވެ.

ނަމަވެސް އެ ޖަލްސާ ނިންމާލިކަން އީވާ އިއުލާނު ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އާ ޖަލްސާއެއް އެޖެންޑާކުރި އެވެ. ހަވީރު 4:00 ގައި ބާއްވާ އެ ޖަލްސާ އެޖެންޑާކުރީ އީވާގެ ލަފައާ އެއްގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް