ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ އެމަނިކުފާނުގެ ތިން އިސްތިއުފާގައިވެސް އެއްގޮތް އެއް ކަމެއް ވާނެ ކަމަށް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އަޅުގަނޑުގެ ތިން އިސްތިއުފާގައިވެސް އެއްގޮތް އެއް ކަމެއް އޮންނާނެ: ރައީސް ނަޝީދު
އެމަނިކުފާނުގެ ތިން އިސްތިއުފާގައިވެސް އެއްގޮތް އެއް ކަމެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލިހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށްފަހު، މިއަދު ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެއްވި ތިން އިސްތިއުފާގެ ސިޓީއަށް ބަލާލައިފިނަމަ، އެ ސިޓީތަކުގައިވާ އެއް އިބާރާތެއްވާ ކަމަށް ފާހަގަކުރެވޭނެ ކަމަށެވެ.

"ތި ހުރިހާ އިސްތިއުފާއެއްގައިވެސް އަޅުގަނޑަށް ހީވަނީ އެއް އިބާރާތެއް ފެންނާނެހެން ސިޓީގައި. އެހެންވީމާ ބައްލަވާލެއްވީމާ އެނގިލައްވާނެ. އަބަދުވެސް ބަލަން ޖެހޭނީ އިންސްޓިޓިއުޝަނަށް ގެއްލުމެއް ވާނެތޯ، ނުވަތަ ނޫންތޯ. މި އިންސްޓިޓިއުޝަންގެ ބާރު ކެނޑޭ އެތައް ކަމެއް ވަމުން ދާން ފެށީމާ، ދެން އަޅުގަނޑު ދެކޭ ގޮތުގައި މި މުއައްސަސާއަށް، މި މަޖިލީހަށް ގެއްލުންވާ ފަދަ ކަންތައްތައް ވުމަށް އަޅުގަނޑު ޖާގަދީގެން ހުރުމަކީ ރަނގަޅު ކަމަކަށް ނުވާނެ،" - ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ މަނިކުފާނު އަބަދުވެސް ކަންބޮޑުވާ އެއް ކަމަކީ އޮމާންކަމާ އެކު ބާރު ފުރޮޅިގެން ނުގޮސްދާނެ ކަން ކަމަށެވެ. މިއަދު އެމަނިކުފާނު ދެއްވި އިސްތިއުފާ އާއެކު ވެސް އިންތިހާބީ ރައީސް ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް އެޅެން އެދިވަޑައިނުގަންނަވާ ކަމަށާއި އެފަދަ ކަމެއް ހިނގާ ނަމަ އެކަމެއް ހުއްޓުވުމަށް އެމަނިކުފާނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމެއް ނޫން ދިވެހިރާއްޖޭގައި އަޅުގަނޑު ކޮށްފައިވާ ކަމަކީ ވެސް. އަދި ރާއްޖޭގެ ރައްޔިތުން އަޅުގަނޑު ބަލައިގެންފައިވާ ގޮތަކީ ވެސް. އެހެންވީމާ ރާއްޖޭގެ ސިޔާސީ ނިޒާމަށް ގެއްލުމެއް ވަމުންދާ ކަމުގައި ވަނީ ނަމަ، އެކަމަށް ފަރުވާއެއް ހޯދުމަށް ކުރާން ޖެހުނު ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނަން،" - ރައީސް ނަޝީދު

އިތުބާރުނެތް ކަމަށް މަޖިލިހަށް ހުށަހެޅުނު މައްސަލަތަކާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމަށް 50 އެތައް މެންބަރުންގެ ސޮޔާއެކު މައްސަލައެއް ހުށަހެޅުމަށްފަހު އެ މައްސަލަ ނެގި ކަމަށެވެ. އެ މައްސަލަ ނެގިތާ ހަފުތާއެއްގެ ފަހުން ކުރިން ހުށަހެޅި މައްސަލައިގައިވާ އިބާރާތަށް ބަދަލެއް ނުގެނެސް އަލުން އިތުބާރުނެތް ކަމަށް މައްސަލަ ހުށަހެޅި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އިތުބާރުނެތް ކަމަށް ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުމަށް ހޭދަވި މުއްދަތުގައި މަޖިލީހުގައި ގިނަ ކަންތައްތަކެއް ހިނގާފައިވާ ނުވާ ކަމުގަ އެވެ. އެހެންކަމުން ހިގާދިޔަ ކަންކަން ހިގާފައި ވަނީ މަޖިލިހުގެ މެންބަރުން އެ ކަންކަން އެގޮތަށް ކުރަން ބޭނުންވެގެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ސުލްހަވެރި ސިޔާސީ ހަރަކާތް އިންތިޒާމްވެގެން ހިންގާއިރު، ރިޔާސަތުތަކަށް "ޗެލެންޖް" ކުރަން ޖެހޭނެ ކަމަށެވެ. އިތުބާރުނެތް ކަމުގެ ވޯޓުތައް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ ވޯޓުތަކުގެ "ޕްރޮސެސް" ވެސް ހިނގަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ "ޕްރޮސެސް" އަކީ މަޖިލިހުގެ ގަވާއިދާއި މަޖިލިހުގެ ތޮބީއަތާ އަދި ސިޔާސީ ޕާޓީތައް ހިންގަމުންދާ ވާދަވެރި، ސުލްހަވެރި ސިޔާސީ ހަރަކާތުގެ ޖޯޝާއި އުސޫލުގައި ކުރިއަށް ގެންދާ ކަންތައްތައް ކަމަށެވެ.

އެމަނިކުފާނު އުންމީދު ކުރައްވަނީ ރާއްޖޭގެ ރައްޔިތުންނާއި ހާއްސަކޮށް ސިޔާސީ ވެރިން ކުރާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ވެސް ރީތި ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

78%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް