ads
ޔުނައިޓެޑުގެ ޖޯޒީގައި ހޮއިލަންޑް
ހޮއިލަންޑާ އެރިކްސަން ގައުމީ ޓީމުން ބާކީކޮށްފި
އަނިޔާގެ ސަބަބުން، މެންޗެސްޓާ ޔުނައިޓެޑުގެ ރަސްމުސް ހޮއިލަންޑާއި ކްރިސްޓިއަން އެރިކްސަން މި މަހު ޔޫރޯ 2024 ކޮލިފައިންގައި ޑެންމާކު ކުޅޭ މެޗުތަކަށް އެކުލަވާލި ސްކޮޑުން ބާކީކޮށްފިއެވެ.

ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން އަތުން 1-0 އިން ޔުނައިޓެޑުން މޮޅުވި މެޗުގައި މިޑްފީލްޑަރު އެރިކްސަން ކުޅެން ނުކުތީ ހޮއިލަންޑްގެ ބަދަލުގައެވެ. ހޮއިލަންޑް ބަދަލު ކުރީ މި މެޗުގައި އަނިޔާވެގެންނެވެ.

އެރިކްސަންއާ ހޮއިލެންޑް ގައުމީ ޓީމުން ބާކީކުރިއިރު، ޑެންމާކުން 17 ނޮވެމްބަރުގައި ސްލޮވޭނިއާ ބައްދަލުކުރާއިރު، 20 ނޮވެމްބަރުގައި އުތުރު އަޔަލޭންޑަށް ދަތުރުކުރާނެ އެވެ. މި މެޗުތަކުގައި މި ކުޅުންތެރިންނަކަށް ނުކުޅެވޭނެއެވެ.

ހޮއިލަންޑާ އެރިކްސަންގެ އިތުރުން ޔުނައިޓެޑުގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ލިސަންޑްރޯ މާޓިނޭޒް، ލޫކް ޝޯ، ޓައިރެލް މަލާސިއާ، ކަސެމީރޯ، ޖޯނީ އިވާންސް އަދި އަމާދު ޑިއަލޯ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް