ads
މިނިސްޓަރު މަހްލޫފު
ގެއަށް މިދަނީ ހިތްހަމަ ޖެހުމާއެކު: މަހްލޫފު
މަގާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށްފަހު ގެއަށް ވަޑައިގަންނަވަނީ ހިތްހަމަ ޖެހުމާއެކު ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މަގާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށްފަހު ގެއަށް ވަޑައިގަންނަވަނީ ހިތްހަމަ ޖެހުމާއެކު ކަމަށް މަހްލޫފު ވިދާޅުވީ، ވެރިކަމުގެ ދައުރު ނިމި، މަހްލޫފުގެ ކެބިނެޓް ޕޯޓްފޯލިއޯ އަންނަ ހުކުރު ދުވަހު ނިމޭ ނިމުމަށް އިޝާރާތްކޮށް ސޯޝަލް މީޑިއާގައެވެ.

މަހްލޫފު ވިދާޅުވީ، ގެއަށް ވަޑައިގަންނަވަނީ މިއިން ޒަމާނަކު ޔޫތު މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ނުކުރާހާ ގިނަ މަސައްކަތް ކޮށްދިނުމަށްފަހު ކަމަށެވެ. 700 އާއި ގާތްކުރާ އަދަދަށް ތަރައްޤީގެ ޕްރޮޖެކްޓުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ނިމި އަދި ކުރިއަށް ދާނެ ކަމަށް މަހްލޫފު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސް ތާރީހުގައި ލިބުނު އެންމެ ބޮޑެތި ބައިނަލްއަޤުވާމީ ކާމިޔާބީ ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްދެވުނުކަމުގެ އުފާ ލިބޭ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ، ވަކިވެގެންދާއިރު އަމަލީ މަސައްކަތް ނުފެށުނީތީ ދެރަވާ ބައެއް ކަންކަން އެބަހުރި ކަމަށެވެ. މަހްލޫފު ފާހަގަ ކުރެއްވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގާއިމްކުރާ ގަލޮޅު ފުޓުބޯޅަ ދަނޑު، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫގެ ސިންތެޓިކް ޓްރެކު، ނެޝަނަލް ޓީޓީ ސެންޓަރު، ނެޝަނަލް ބާސްކެޓު ބޯޅަ އެރީނާ އަދި ނެޝަނަލް ވޮލީބޯލް ޓްރެއިނިންގ ސެންޓަރުގެ އަމަލީ މަސައްކަތް ނުފެށުނީތީ ދެރަވާ ކަމެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް