ads
ކުރީގެ ނައީބް ރައީސް އަހުމަދު އަދީބު އަދި ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު-
އަދީބު އާއި ޒިޔަތުއަށް މާފުދިނުން ޓްރާންސްޕެރެންސީން ކުށްވެރިކޮށްފި
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް މާފުދިނުން ޓްރާންސްޕެރެންސީން މޯލްޑިވްސް އިން ކުށްވެރިކޮށްފި އެވެ.

ޓްރާންސްޕެރެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ  ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ހަމަވާން ހަތަރު ދުވަހަށްވެފައި އޮއްވާ އަދީބާއި ޒިޔަތު، މާފުދެއްވުން ކުށްވެރިކުރާކަމަށެވެ.

 މިއީ ހަމައެކަނި ރައީސްގެ އޮންނަ މާފުދެއްވުމާއި ހުކުމް ލުއިކުރުމުގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުން ނޫން ކަމަށާއި، މިއީ ބާރާއި ނުފޫޒުގެ މަގާމުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ސިޔާސީ ފަރާތްތަކަށް ލިބޭ ހިމާޔަތާއި އަދަބު ނުލިބުމާއި އިމްތިޔާޒު ދައްކުވައިދޭ ކަމެއް ގޮތުގައި ޓްރާންސްޕެރެންސީން ސިފަކުރެއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ 2018 ވަނަ އަހަރު ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ވައުދުވެވަޑައިގެންނެވެ. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ތަކުރާރުކޮށް ފެނިފައިވަނީ ކޮރަޕްޝަނަށް ފެހި އަލިކަން ލިބި، ކޮރަޕްޝަންގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ރައްކާތެރިކަން ލިބިގެންދާތަން." ބަޔާނުގައި ބުނެއެވެ.

ޓްރާންސްޕެރެންސީ އިން ވަނީ މިދިޔަ ފަސް އަހަރުތެރޭ ބޮޑެތި ކޮރަޕްޝަނަށް މަގުފަހިކޮށްދީ ރައްކާތެރިކޮށްދިން ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރޭގައި ހުރި ނިޒާމީ މުހިންމު ފަރަގުތައް ހައްލުކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައިނުވާކަން ފާހަގަކޮށްފައެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް