ads
އަލްހާން ފަހްމީ: - ފޮޓޯ:އަވަސް
އަލްހާން އާއި އޭނާގެ އާއިލާގެ ބައެއް މީހުންނަށް ދައުވާކުރަން ފޮނުވައިފި
އޮންލައިން ޓްރޭޑިން ހިންގުމަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ފައިސާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
Advertisement

އަލްހާން އިސްވެ ހުންނަވާ އިންވެސްޓްކުރުމުގެ ނަމުގައި ހިންގި ސްކީމުން 1800 އަށް ވުރެ ގިނަ މީހުންގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ. ނަމަވެސް އޭގެތެރެއިން 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ އިންވެސްޓަރުންނަށް ނުދޭކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ސާފުވެފައެވެ.

އެކަންތައް މާލީ އިދާރާތަކުގެ ސަމާލުކަމަށް އައުމުން އެ އިދާރާތަކުން ވަނީ މިފަދަ ފަންޑުތަކީ ދެމެހެއްޓެނެވި ގޮތެއްގައި ހިންގޭނެ ފަންޑުތަކަށް ނުވާތީ އެ ފަންޑަށް ފައިސާ ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

ފައިސާ ނެގުމަށްފަހު އަނބުރާ މީހުނަށް 39 ވަރަކަށް މިލިއަން ރުފިޔާ ދީފައިވާއިރު، އެ ފައިސާއަކީ ފަހުން އެހެން މީހުންގެ އަތުން ނެގި ލާރިން ކުރިން އިންވެސްޓްކުރި މީހުންނަށް ދިން ފައިސާކަމަށާއި އެހެންކަމުން ކިންގްސް ފޮރެކްސްއިން ހިންގީ ޕޮންޒީ ސްކީމެއްކަން އެނގޭކަމަށް ފުލުހުން ބުނެފަވެއެވެ.

އެހެންނަމަވެސް އަލްހާނާ އޭނާގެ ޓީމުން ދިޔައީ މާލީ އިދާރާތަކަށް ގޮންޖަހާ އެ ފަންޑު ނުހުއްޓުވޭނެކަމަށް ބުނަމުންނެވެ. އަދި އިންވެސްޓްކުރި މީހުންނަށް ފައިސާ ދޭނެކަމަށް ބުނަމުންދިޔައެވެ.

އެ މައްސަލައިގެ ތަހްގީގް ނިންމާ ފުލުހުން މިހާރު ވަނީ ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. ޕީޖީ އޮފީހުންވަނީ އެ މައްސަލަ ބަލައިގަނެފައެވެ.

 އެ މައްސަލާގައި ދައުވާކުރަން ފުލުހުން ފޮނުވާފައިވަނީ، އަލްހާންގެ އިތުރުން އޭނާގެ އާއިލީ މީހުންކަމަށްވާ، ޝަހުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އިތުރުން ވިޔަފާރިކުރި ކުންފުނިކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ މައްޗަށެވެ.

އަލްހާންގެ މައްޗަށް ތުހުމަތުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭކަމަށް ދައްކައި، މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް