އުމުރުން 31 އަހަރުގެ ނޭމާއަށް އަނިޔާވީ، މިދިޔަ މަހު ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލަށް ކުޅެމުން ދަނިކޮށެވެ. އަނިޔާވީ ކަނާތު ކަކުލަށެވެ. މި ފަދަ އަނިޔާތަކަށް އާއްމުކޮށް، އަށް މަހާއި 10 މަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.
ޕެރިސް ސެއިންޓް ޖަރމައިން އިން ހޫނު މޫސުމުގައި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަށް ނޭމާ ބަދަލުވީ 90 މިލިއަން ޔޫރޯއަށެވެ. އަލް ހިލާލަށް ބަދަލުވެ، ނޭމާ ކުޅުނީ އެންމެ ފަސް މެޗެވެ.