ads
ފިނޭންސް މިނިސްޓަރު މަޖިލީހުގައި
ޑިމޮކްރެޓްސްއިން މަޖިލީހުގެ ނިޒާމު ގެއްލުވާލަނީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ބަޖެޓް ހުށަހަޅުއްވަމުންދާއިރު، ރައީސް މުހައްމަދު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން މަޖިލީހުގައި އަޑުގަދަކޮށް، ބަޖެޓް ހުށަހެޅުއްވުމަށް ހުރަސް އަޅަން މަސައްކަތް ފަށައިފިއެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިގެން މިހާރު ކުރިއަށްދާއިރު، މިއަދުގެ ޖަލްސާގައި އޮތީ ސަޕްލިމެންޓްރީ ބަޖެޓާ، އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމެވެ. ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހަޅުއްވަމުންދާއިރު، ދަ ޑިމޮކްރެޓްސްގެ މެންބަރުން އަންނަނީ އެކަމަށް ހުރަސް އަޅުއްވަން އަޑު ގަދަ ކުރަމުންނެވެ. 

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ބަޖެޓް ހުށަހަޅުއްވަމުން ގެންދަވަނިކޮށް، މިނިސްޓަރުގެ މައިކުން، ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުވަނީ ވާހަކަ ދައްކަވާފައެވެ. އަދި ފަހުން ޑިމޮކްރެޓްސްގެ މެންބަރުން މިނިސްޓަރު ވަށައިގެން ތިބެ އަޑުގަދަ ކުރަން ފެށުމުން އެމްޑީޕީގެ މެންބަރުންވަނީ މިނިސްޓަރަށް އުނދަގޫ ކުރުން ހުއްޓުވުމަށް ތެދުވެ މިނިިސްޓަރު ވަށައިލައިފައެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑިމޮކްރެޓްސްއިން އަޑު ގަދަ ކުރަމުންދާއިރު، މިއަދުގެ ޖަލްސާއަކީ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު، އާ ރައީސާއެކު ބާއްވާ ފުރަތަމަ ޖަލްސާއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް