ads
ހަވާ
ސަލްމާންގެ ފިލްމު ރިލީޒް ކުރާތީ ގޮސްތިބި ބައެއްގެ ގަޔަށް ހަވާތައް ބުރައިގެން ގޮސްފި
ބޮލީވުޑުގެ މަޝްހޫރު ތަރި ސަލްމާން ހާންގެ އެންމެފަހުގެ ފިލްމު ރިލީޒްކުރާތީ ސިނަމާއަށް ގޮސް ތިބި ބައެއްގެ ގަޔަށް އެތަނުގައި އެރުވި ހަވާތައް ބުރައިގެންގޮސް ބައެއް މީހުންނަށް އަނިޔާވެއްޖެއެވެ.

ފިލްމު ބަލަން ގޮސް ތިބި މީހުންގެ ގަޔަށް ބަޑިބޭހާއި ހަވާ ބުރައިގެން ގޮސްފައިވަނީ ފިލްމު ބަލަން ދިޔަ ބަޔަކު އެކަމުގެ ފޯރީގައި ތިއޭޓަރަށް ގެންދިޔަ ހަވާއާއި، ފަޓާސްތަކެއް ތިއޭޓަރުތެރެގައި ރޯކޮށްލުމުންނެވެ. 

މި ހާދިސާ ހިނގީ މަހާރާޝްތުރާގެ ނާޝިކް ޑިސްޓްރިކްޓްގެ، މޯހަން ސިނަމާގައި ހޯމަދުވަހުގެ ހަވީރު ކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ. 

ސަލްމާން ހާންވެސް ވަނީ މި ވީޑިއޯ ފެނި މިފަދަ އަމަލުތައް ނުހިންގުމަށް އެދިފައެވެ. 

"އަޅުގަނޑަށް އެ އަޑި އޮބޭ ޓައިގާ 3 ބަލަން ގޮސް ސިނަމާތަކުގެ ތެރޭގައި ފަޓާސް ޖަހާ ވާހަކަ. މިއީ ނުރައްކާތެރި ކަމެއް. އަމިއްލަ ނަފްސާއި އެހެން މީހުން ނުރައްކަލުގެ ތެރެއަށް ނުވައްދާ ފިލްމުން ބަލައިގެން އުފާކޮށްލަމާ ހިނގާ. ހުރިހާ ބޭފުޅުންނަށްވެސް ރައްކާތެރިކަމަށް އެދެން،" ސަލްމާން ހާން މި މައްސަލައިގައި މިއަދު އެކްސްގައި ބުނެފައިވެއެވެ. 

ޓައިގާ 3 އަކީ 2023 ވަނަ އަހަރު އިންޑިއާގައި ހިންދީ ބަހުން އުފައްދާފައިވާ އެކްޝަން ތްރިލާ ފިލްމެކެވެ. މަނީޝް ޝަރްމާ ޑައިރެކްޓްކޮށް، ޔާޝް ރާޖް ފިލްމްސްގެ ދަށުން އަދީއްޔާ ޗޯޕްރާ ޕްރޮޑިއުސްކުރި ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ސަލްމާން ހާން، ކެޓްރީނާ ކައިފް އަދި އެމްރާން ހާޝްމީއެވެ. މި ފިލްމަކީ "ޓައިގާ ޒިންދާ ހޭ" ގެ ސީކުއެލްއެކެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް