ads
ޓައިގާ 3
ޓައިގާ 3 އިން އަނެއްކާވެސް ރެކޯޑެއް
ސަލްމާން ހާންގެ ޓައިގާ 3 އިން އަނެއްކާވެސް ރެކޯޑެއް ގާއިމް ކޮށްފިއެވެ.

މިގޮތުން ޓައިގާ 3 ނެރުނުތާ 2 ދުވަހުގެ ތެރޭގައި އެ ފިލްމުން މި ވަނީ 100 ކަރޯރު ރުޕީޒް (12.1 މިލިއަން އެމެރިކާ) ޑޮލަރު ހޯދާފައެވެ. 

ފިލްމު އެޅުވުމުގެ ކުރިން ވެސް ވަނީ ޕްރީ ބުކުން އިން ވެސް ރެކޯޑެއް ހަދާފައެވެ. 

ސަލްމާން ހާންގެ "ޓައިގާ ޒިންދާ ހޭ" ސީކުއެލްގެ ތިންވަނަ ފިލްމު "ޓައިގާ 3" ބްލޮކްބަސްޓާއަކަށް ވާނެކަމަށް އިންޑިއާ ނޫސްތަކުން އަންނަނީ ބުނަމުންނެވެ. 

ޓައިގާ 3 އަކީ 2023 ވަނަ އަހަރު އިންޑިއާގައި ހިންދީ ބަހުން އުފައްދާފައިވާ އެކްޝަން ތްރިލާ ފިލްމެކެވެ. މަނީޝް ޝަރްމާ ޑައިރެކްޓްކޮށް، ޔާޝް ރާޖް ފިލްމްސްގެ ދަށުން އަދީއްޔާ ޗޯޕްރާ ޕްރޮޑިއުސްކުރި ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ސަލްމާން ހާން، ކެޓްރީނާ ކައިފް އަދި އެމްރާން ހާޝްމީއެވެ. މި ފިލްމަކީ "ޓައިގާ ޒިންދާ ހޭ" ގެ ސީކުއެލްއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް