ads
ވޮލީ އެސޯސިއޭޝަންގެ ރައީސް
ވޮލީގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސް ހުކުރު ދުވަހު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.
Advertisement

އާ އިންތިހާބެއް ބާއްވަން ތައްޔާރުވަމުން އަންނަ ވީއޭއެމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމާފައި މިވަނީ މެންބަރު ކުލަބުތަކުގެ އެދުމުގެ މަތިންނެވެ. އެސޯސިއޭޝަނުގެ މެންބަރު 18 ކުލަބުގެ ތެރެއިން 11 ކުލަބަކުން ސޮއިކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް ވީއޭއެމްގައި އެދުނީ މިދިޔަ ހަފްތާގަ އެވެ.

މި މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވި، ވޮލީގެ އަހަރީ ކޮންގްރެސްގައި ވަނީ އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އިންތިޚާބެއް ބޭއްވުމަށް ފާސްކޮށްފައެވެ. އިއްޔެއަކީ އެ އިންތިހާބު ބާއްވަން ޖެހޭ ދުވަހެވެ. ނަމަވެސް މިހާތަނަށްވެސް ވީއޭއެމުގެ އިންތިޚާބުގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ.

2021 ވަނަ އަހަރުގެ އޭޕްރީލް މަހު ސްޕޯޓްސް ކޮމިޝަނަރު ވަނީ އަސާސީ ގަވާއިދު 90 ދުވަސްތެރޭގައި އިސްލާހު ކުރަށް ވީއޭއެމަށް އަންގާފަވެ. އެކަމަކު އެ މުއްދަތުގައިވެސް އެކަން ކޮށްފައެއް ނުވެއެވެ.

ތިން އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން އަސާސީ ގާވާއިދު ފާސްކުރިއިރު، މިދިޔަ ތިން އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ބަޖެޓުވެސް ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި ފާސްކޮށްފައެވެ.

ވޮލީގެ އަހަރީ ކޮންގްރެސް ބޭއްވިއިރު، އެ އެސޯސިއޭޝަނުން މިދިޔަ އަހަރުތަކުގައި އަހަރީ ކޮންގްރެސް ބާއްވާފައެއް ނުވެއެވެ. އެއާއެކު ލިޔެކިޔުން ހަމަނުވެގެން އުވާލާން އިއުލާންކުރި ޖަމިއްޔާތަކުގެ ތެރޭގައިވެސް ވީއޭއެމް ހިމެނުނެވެ.

އެއާއެކު ވޮލީގެ ބައެއް ކުލަބުތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަންގެ ނައިބު ރައީސް އަދި ކޯޗު މުޙައްމަދު ޝަރަފު ވިދާޅުވީ އެ އަސާސީ ގަވާއީދުގެ 56 ވަނަ މާއްދާއަށް ރިއާޔްތް ކުރުމަށްފަހު، މިހާރު އޮންނަން ޖެހޭނީ އެ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވާފައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް