ads
މިނިސްޓަރ ޝައުނާ
މިނިސްޓަރު ޝައުނާގެ ނިންމެވުން އިންޑިޔާއާ ދެކޮޅަށް
ތިލަމާލެ ބްރިޖު ސައިޓުގައި މަސައްކަތުގައި ބޭނުން ކުރި ޕްލެޓްފޯމް، ވިލިގިލީ ފަރަށް އެރި މައްސަލައިގައި، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން، ތިލަމާލެ ބްރިޖް މަސައްކަތް ކުރާ އިންޑިޔާގެ އެފްކޮންސް ކޮށްފައިވާ ބޮޑު ޖޫރިމަނާ މާފު ނުކުރަން ތިމާވެށްޓާބެހޭ ވަޒީރު އައިމިނަތު ޝައުނާ ނިންމަވައިފިއެވެ.
Advertisement

އީޕީއޭއިން، އެފްކޮންސް ޖޫރިމަނާކޮށްފައިވަނީ 69 މިލިއަން ރުފިޔާއިންނެވެ. އެ މައްސަލަ ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި އޮންނަތާ އަހަރެއްހާ ދުވަސްވީ ފަހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރި އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން އީޕީއޭން ހެދި ސާވޭ އަށް ފަހު، އެ ކުންފުނި 69 މިލިއަން ކޮށްފައިވާ ޖޫރިމަނާ އަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން އެގޮތަށް ނިންމީ ބޯޓުގެ ވެރިފަރާތުން މިދިޔަ އަހަރު ޑިސެމްބަރު ހަތެއްގައި އީޕީއޭގެ ނިންމުން މިނިސްޓަރަށް އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި، މި މައްސަލަ ދިރާސާކޮށް މިނިސްޓްރީގެ ގާނޫނީ ޓީމުން ތައްޔާރުކުރި ރިޕޯޓް ނިމުނީ މިދިޔަ ޖެނުއަރީ މަހު 23 ގަ އެވެ. މި މައްސަލާގައި ގޮތެއް ނިންމުމުގައި މެރިޓައިމް ދާއިރާގެ ފަންނީ ލަފާ ހޯދަން އެ ރިޕޯޓުގައި ބުނެފައި ވާތީ، ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސް އަށް މިދިޔަ މެއި މަހު ފޮނުވި އެވެ.

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭގެ ފަރަށް އެރި މައްސަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ބްރިޖު ހަދާ އިންޑިއާގެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ނިންމި ނިންމުން ލުއިކޮށްދިނުން އެދި އެ ކުންފުނިން ތިމާވެށްޓާބެހޭ މިނިސްޓަރު އައިމިނަތު ޝައުނާއަށް ހުށަހެޅީ މިދިޔަ އަހަރު ޑިސެމްބަރުގައެވެ. 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް