ads
މިއަދު ބޭއްވި ވަޒީރުންގެ މަޖިލިހުގެ ޖަލްސާގެ ތެރެއިން: މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުއާހަދާގައި ބައިވެރިވާން ވަނީ ލަފާދީފައި - ފޮޓޯ:ރައީސް އޮފީސް
ކަނޑު ހިމާޔަތް ކުރުމާ ގުޅޭ މުއާހަދާގައި ބައިވެރިވާން ލަފާ ދީފި
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް މަގުފަހިކުރުމަށްޓަކައި އދ. އިން އެކުލަވާލާފައިވާ މުއާހަދާ، "އެގްރީމަންޓް އަންޑަ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވާސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީބީއެންޖޭ) ގައި ރާއްޖޭން ބައިވެރިވުމަށް ވަޒީރުންގެ މަޖިލިހުން ލަފާދެއްވާފައިވާތީ އެކަމާ މެދު ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް މި ގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލިހުގެ ޖަލްސާގައި އެކަމާ ގުޅޭގޮތުން އެންވަޔަރަންމެންޓް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

މި މުއާހަދާއަކީ ގައުމުތަކުގެ އިހުތިސޯސްއިން ބޭރުގައި އޮންނަ މާކަނޑުގެ ސަރަހައްދުތަކަށް މާހައުލީ ގޮތުން ވަކި އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭ މުއާހަދާއެކެވެ. މި މުއާހަދާގައި މައިގަނޑު ހަތަރު ބައެއް ހިމެނެ އެވެ.

ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) އެކުލަވާލުމަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް މިހާތަނަށް ބައިނަލްއަގުވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ. އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފައި ވަނީ ކަނޑުގެ ސަރަހައްދުތައް ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުން މަގުފަހިކުރުވާ މިފަދަ މުއާހަދާއެއްގައި ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިހާތަނަށް ދުނިޔޭގެ 83 ގައުމަކުން ވަނީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން، (ބީބީއެންޖޭ) މުއާހަދާގައި ސޮއިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް