ads
ކްލަބު ވެލެންސިޔާ ޓީމު
މާލީ ދަތިތަކާހުރެ ވެލެންސިޔާ ލީގުން ވަކިވެއްޖެ
އެފްއޭއެމްގެ މާލީ އެހީތެރިކަން ނުލިބި، އަދި ސަރުކާރުންވެސް އެދެވޭ އެހީތެރިކަމެއް ނުލިބިގެން، ދިވެހި ފުޓްބޯޅައިގެ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ކްލަބު ވެލެންސިޔާ، ލީގުގެ މެދު ތެރެއިން ލީގުން ލީގުން ވަކިވެއްޖެއެވެ.

ދިވެހި ލީގުން ވެލެންސިޔާ ވަކިވިކަން އެ ކްލަބުން ރަސްމީކޮށް އަދި ހާމަ ނުކުރިނަމަވެސް، އެފްއޭއެމްގެ އިމަޖެންސީ ކޮމިޓީން، ވެލެންސިޔާ ލީގުން ވަކިވީތީ އެ ކްލަބު ޖޫރިމަނާ ކުރަން ނިންމާފައިވާކަންވަނީ އެނގިފައެވެ. އެފްއޭއެމުންވެސް ރަސްމީކޮށް އަދި އެކަމުގައި ވާހަކަ ނުދައްކައެވެ.

އެފްއޭއެމުން މާދަމާ ނޫން އަނެއް ދުވަހު ލީގު އަލުން ފަށަން މަސައްކަތް ކުރާއިރު، ވެލެންސިޔާ ވަކިވުމުން ވެލެންސިޔާ ނުހިމަނައި މެޗު ތާވަލެއް އަލުން އެކުލަވާލައި ކްލަބުތަކަށް މިހާރުވަނީ ފޮނުވާފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އިންޓަނޭޝަނަލް ބްރޭކަށް މެދު ކަނޑާލާފައި އަލުން ލީގު ފަށަން ތައްޔާރުވަމުން ދަނިކޮށް މަނީ ލޯންޑްރިންގެ ތުހުމަތުގައި ފުލުހުން އެފްއޭއެމް ރެއިޑް ކުރުމާއެކު ލީގުވަނީ ހުއްޓިފައެވެ. މިދިޔަ މަހު 28 ވަނަ ދުވަހު ލީގުގެ ކުޅުން އަލުން ފަށަން އޮތް ނަމަވެސް ފެށުން ވަނީ ލަސްކޮށްފައެވެ.  

ފުލުހުން އެފްއޭއެމްގެ އޮފީސް ރެއިޑްކޮށް ސާމާނުތަކެއް ގެންގޮސްފައިވާތީ، މުބާރާތްތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އެފްއޭއެމުން ކުރިންވަނީ ބުނެފައެވެ. އެ އެސޯސިއޭޝަނަށް ފީފާ އާއި އޭއެފްސީން ދޭ ފައިސާ، އެ ތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވުމުން ތަހްގީގުގެ ބޭނުމަށް "ގިނަ އަދަދެއްގެ ލިޔެކިއުމާއި މަސައްކަތްތަކުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އެތަކެއް އާލާތްތަކެއް" ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެފްއޭއެމުން ކުރިންވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެނޫން ވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމުގައި އެފްއޭއެމުން ކުރިން ބުނެފައިވެއެވެ،  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް