ads
މެޑަމް ފަޒުނާ، ރައީސް ސާލިހު އަދި އިމްރާން
އަދީބު އާއި ޒިޔަތު މިނިވަން ކުރުމުން އަދާލަތުގެ ނުރުހުން
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޖަލުހުކުމެއްގައި ތިބި ކުރީގެ ނައީބް ރައީސް އަހުމަދު އަދީބު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒިޔަތުއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މާފުދިން މައްސަލައިގައި އަދާލަތު ޕާޓީން ނުރުހުން ފާޅުކޮށްފި އެވެ.
Advertisement

އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް ދިނީ ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބު ވެސް ހުރީ 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމުގައި އޭނާ ތަންފީޒު ކުރެއްވީ ތިން އަހަރާއި އެއް މަސް ދުވަހުގެ މުއްދަތެކެވެ. 

ޒިޔަތު މިނިވަން ކުރީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް, ގޭ ބަންދުގައި ހުރެ ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ މިނިވަންކުރި އިރު, ޒިޔަތުގެ މައްޗަށް އާ ތިން ދައުވާއެއް ކުރަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

އެކަމާއި ގުޅިގެން އަދާލާތު ޕާޓީގެ ރަސްމީ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ދައުލަތުގެ މުދަލަށް ބޮޑެތި ޚިޔާނާތް ވީކަމަށް އަމިއްލައަށް އިޢުތިރާފްވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ޙައްޤު އަދަބު ނުލިބި ދިޔުމަކީ އެ ޕާޓީއިން ބަލައިގަންނަ ކަމެއް ނޫންކަމަށް ބުނެފައެވެ.

އަދާލަތު ޕާޓީގެ ރަސްމީ އެކައުންޓުން އެފަދަ ޕޯސްޓެއް ކުރި ނަމަވެސް އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްވެސް ބޭފުޅަކު މި މައްސަލައިގައި އެއްްޗެއް ވިދާޅުވެފައެއް ނުވެއެވެ.

 އަދީބު އާއި ޒިޔަތު މިނިވަންކުރި ކުރުން ޓްރާންސްޕެރެންސީ މޯލްޑިވްސް އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

ޓްރާންސްޕެރެންސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ  ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ހަމަވާން ހަތަރު ދުވަހަށްވެފައި އޮއްވާ އަދީބާއި ޒިޔަތު، މާފުދެއްވުން ކުށްވެރިކުރާކަމަށް ބުނެފައެވެ.

 މިއީ ހަމައެކަނި ރައީސްގެ އޮންނަ މާފުދެއްވުމާއި ހުކުމް ލުއިކުރުމުގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުން ނޫން ކަމަށާއި، މިއީ ބާރާއި ނުފޫޒުގެ މަގާމުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ސިޔާސީ ފަރާތްތަކަށް ލިބޭ ހިމާޔަތާއި އަދަބު ނުލިބުމާއި އިމްތިޔާޒު ދައްކުވައިދޭ ކަމެއް ގޮތުގައި ޓްރާންސްޕެރެންސީން ސިފަކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް