އެ ދެބެއިން ވައްތަރުކަމަށް ބުނެ ވާހަކަ ދައްކަން ފަށާފައި މިވަނީ ޝާހުރުކް ހާންގެ އާއިލާއާއެކު ޝެހެނާޒް ހާން ދިވަލީ ޕާޓީއަކަށް ދިޔަ ވީޑިއޯއެއް ވައިރަލްވުމާއި ގުޅިގެންނެވެ.
އެ ޕާޓީއަށް ދިޔައީ ޝާހުރުކް ހާންއާއި އޭނާގެ އަންހެނުން ގައުރީ ހާންއާއި ޝެހެނާޒް ހާން އެވެ.
ޝެހެނާޒްގެ އުމުރަކީ މިހާރު 63 އަހަރެވެ. ޝާހުރުކް ހާން ވަނީ ވަރަށް ފަހުން އެނާގެ 58 ވަނަ އުފަން ދުވަސް ފާހަގަކޮށްފައެވެ.
ޝާހުރުކް ހާންގެ އެންމެ ފަހުން ނެރުނު ފިލްމު 'ޖަވާން' އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިހާތަނަށް ބޮކްސް އޮފީހުގައި 140 މިލިއަން އެމެރިކާ ޑޮލަރު އެ ފިލްމުން ވަނީ ހޯދައިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;