ads
އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ސައިންސް މިނިސްޓަރު ކިރަން: އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ އިސް މަންދޫބަކަށް ވާނީ ކިރަން - ފޮޓޯ:ޕީޓީއައި
މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ސައިންސް މިނިސްޓަރު ވަޑައިގަންނަވަނީ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ އެންމެ އިސް މަންދޫބަކީ އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރަން ރިޖުޖު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އިންތިހާބީ ރައީސް މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާކުރައްވާ ރަސްމިއްޔާތަށް ކިރަން ވަޑައިގަންނަވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

އަންނަ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މުއިއްޒު އާއި ހުސައިން ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުންގެ މަޖިލިހުން ވަނީ އެ ޖަލްސާއަށް 4،500 މީހުންނަށް ދައުވަތުދީފަ އެވެ.

މިދިޔަ ފަސް އަހަރު ފާހަގަކުރެވިފައި ވަނީ މުއިއްޒު އާއި ހުސައިން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ، އެކަމާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާތަކެއްކޮށް އެކަމާ ދެކޮޅަށް އަޑުއުފުލި ފަސް އަހަރު ކަމުގަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުން ފެށިގެން މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި އިންޑިއާ ސިފައިން ރާއްޖޭން ބޭލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް އިންޑިއާއިން އިހުތިރާމު ކުރާ ނަމަ އެ ގައުމަކީ ރާއްޖެ އާ އެންމެ ގާތް އެއް ގައުމުގެ ގޮތުގައި އޮންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް