ads
ޔާމީނަށް ހުކުމް ކުރި ފަނޑިޔާރު
ޔާމީނަށް ހުކުމްކުރި ފަނޑިޔާރު އިނާޔަތްތަކާއެކު ފަނޑިޔާރުކަމުން ވަކިވެއްޖެ
ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި އެ ހުކުމަށް ފަހު ޕްރޮމޯޝަން ލިބުނު ހައިކޯޓުގެ ފަނޑިޔާރު އަހްމަދު ޝަކީލް، މިއަދުން ފެށިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި އެ ހުކުމަށް ފަހު ޕްރޮމޯޝަން ލިބުނު ހައިކޯޓުގެ ފަނޑިޔާރު އަހްމަދު ޝަކީލް، މިއަދުން ފެށިގެން ޝަރަޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިކޮށްދޭން ޖޭއެސްސީން ނިންމުމުން އޭނާއަށް އިނާޔަތްތައްވެސް ލިބޭނެއެވެ.

ޖޭއެސްސީން، ޝަކީލްއަށް އިނާޔަތްތަކާއެކު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްދޭން ނިންމީ، އެ ކޮމިޝަނުގެ އެންމެ ތިން މެންބަރުންގެ ވޯޓުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ވަކީލުންގެ މެންބަރު އަބްދުއްމާނިއު ހުސެއިން އަދި އާންމުންގެ މެންބަރު އައިމިނަތު އުމްކުލްސޫމްގެ ވޯޓުންނެވެ.

ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން އެދިވަޑައިގެންފިނަމަ އަމަލު ކުރާނެ ގޮތްތަކެއް ޖޭއެސްސީން ކުރިން ނިންމާފައިވެއެވެ. ފަނޑިޔާރު ޝަކީލަށް ރިޓަޔަމެންޓް ދޭން ޖޭއެސްސީން ނިންމަވާފައިވާއިރު، އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުން އިއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

އެ ހުކުމާ އެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުނީ އެ ހުކުމާ ހެދި އެވެ.

ޝަކީލް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް އައްޔަންކޮށް މާގިނަ ދުވަސްތަކެއް ނުވެ ފެމެލީ ކޯޓަށް ބަދަލުކުރި އެވެ. އެއީ، 2017 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ފޮނުވާލުމުންނެވެ. އޭގެފަހުން އަނެއްކާވެސް ޝަކީލް، ކްރިމިނަލް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރު ތެރޭގައި، ސަރުކާރާއި ޖޭއެސްސީ ބަދަލުވެފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް