ads
އެމެރިކާގެ ރައީސް ބައިޑެން - ފޮޓޯ:ވައިޓް ހައުސް
ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އެމެރިކާގެ ރައީސްގެ ވަފުދެއް
ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އެމެރިކާގެ ރައީސްގެ ވަފުދެއް ފޮނުއްވަން ނިންމައިފި އެވެ.

އެކެރިކާގެ ރައީސް ބައިޑެންގެ ފަރާތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރައްވާ ރަސްމިއްޔާތަށް ފޮނުއްވާ ހާއްސަ ވަފުދުގައި ހިމެނީ އެމެރިކާގެ ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ސީނިއާ ޑައިރެކްޓަރު ސާރާ ލެޑިސްލޯ އާއި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާގެ އިތުރުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުގޯ ޔޮން އެވެ. ބައިޑެންގެ ފަރާތުން ފޮނުއްވައި މި ހާއްސަ ވައުދުގެ އިސް ބޭފުޅަކީ ސަމަންތާ ކަމަށް އެމެރިކާގެ ވައިޓްހައުސްއިން ބުނެ އެވެ. 

އިންތިހާބީ ރައީސް އާއި ނާއިބު ރައީސް ހުވާ ކުރާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރާއްޖޭއިން ބޭރުގެ އެކިއެކި ގައުމުތަކުގެ ރައީސުންނާއި ވަޒީރުންނަށް ދައުވަތު ދީފައިވެ އެވެ.  

ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ބައިވެރި ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޗައިނާ އާއި އެމެރިކާގެ އިސް ބޭފުޅަކާއި އިންޑިއާގެ ވަޒީރަކު ބައިވެރިވެސް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 04:45 ގައި ޖުމްހޫރީ މައިދާނުގަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް