އެފްއޭއެމް މީޑިއާ ގްރޫޕުގައި ޖަވާޒް މިއަދު ވިދާޅުވީ، ދިވެހި ލީގުން ވަކިވާން ވެލެންސިޔާއިން ނިންމީ ސްކޫލް ޓެސްޓާ ހެދި، ކުޅުންތެރިން ލިމިޓްވުމުން ކަމަށެވެ.
ވެލެންސިޔާ ލީގުން ވަކިވީ، މާލީ މައްސަލަތަކާ ހެދި ނޫންތޯއާ، އަދި ވެލެންސިޔާއިން ލީގުން ވަކިވާން އެދި ފޮނުވި ސިޓީގައި "ސްކޫލް" އެ ލަފްޒު ނުވެސް ނެތް ނޫންތޯ ޖަވާޒްއާ ސުވާލު ކުރުމުން އެކަމަށް ޖަވާޒް ވިދާޅުވީ، ކްލަބްތަކަށް އެހީތެރިވުމަށް ވީވަރަށް މަސައްކަތް ކުރާ ކަމަށެވެ.
ސްކޫލް ޓެސްޓާ ދިމާވާތީ ވެލެންސިޔާ ލީގުން ވަކިވާން ނިންމީ ކަމަށް ޖަވާޒް ވިދާޅުވި ނަމަވެސް، ވެލެންސިޔާއިން ލީގުން ވަކިވީ، މާލީ ދަތިތަކާހުރެއެވެ. ގާތްގަނޑަކަށް 80 ދުވަހަށްފަހު މާދަމާ އަލުން ފަށާ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް މިއަދު ވަނީ އާންމުކޮށްފަ އެވެ. ޝެޑިއުލްގައި ވެލެންސިއާގެ މެޗުތަކެއް ނެތެވެ.