މިމަސްރޫއުއަކީ ޕީ.އެސް.އައި.ޕީ 2023 ގެ ދަށުން ކުރިއަށްދާ މަސްރޫއުއެކެވެ. 12.4 މިލިޔަން ރުފިޔާއަށް، ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް މަސައްކަތް ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭސަނުގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރު ނައުސާދު އިބްރާހިމު އެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު ސިއުސް ފަރީދު އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށް ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.