އިންޑިޔާއަށް ފުރަތަމަ ފަހަރަށް ކުރާ ދަތުރުގައި ބެކަމް މިއަދުވަނީ އިންޑިޔާއާ ނިއުޒީލެންޑް ކުޅޭ ވޯލްޑްކަޕްގެ ސެމީ ފައިނަލް ބެލުމަށް މުމްބާއީއަށް ގޮސްފައެވެ. ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި އިންޑިޔާއާ ނިއުޒީލެންޑް ކުޅޭ މެޗަށް ބެކަމްއަށް މަރުހަބާ ކިޔާފައިވަނީ ކްރިކެޓް ލެޖެންޑް ސަޗިން ޓަންޑުލްކާއެވެ.
ކްރިކެޓް މެޗެއް ބެލުމަށް އިންޑިޔާއަށް ބެކަމް އައިއިރު، ބެކަމްއަކީ ގަވައިދުން ޓެނިސް ފޮލޯ ކުރާ އެތްލީޓެކެވެ. ކާމިޔާބު އެތްލީޓެއްގެ އިތުރުން ބެކަމްއަކީ ކާމިޔާބު ވިޔަފާރިވެރިއެއް ވެސްމެއެވެ. އަދި ޔުނިސެފްގެ އެމްބެސެޑަރެއްގެ ގޮތުގައިވެސް ބެކަމް އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ.