
- ޑރ. މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހް ކުރެއްވުމަށް ބޭއްވި ހަފްލާގައެެވެ.
އޭގެ އިތުރުން ޑރ. މުއިއްޒު ވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރަށްރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކާއި ވައުދުތައް ހިމެނޭ ފޮތެއް ނެރުއްވައިފައެވެ.
ފޮތް ނެރުއްވުމަށް ފަހު އިންތިހާބީ ރައީސް ވަނީ ކެމްޕެއިންގައި ވާހަކަ ދެއްކެވި ފަދައިން އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ބަދަލެއް ނުގެނެސް ފުރިހަމަގޮތަކަށް ހުރިހާކަމެއްވެސް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެގޮގުން ފުރަތަމަ 14 ހަފްތާތެރޭގައި ކުރައްވާނެކަމަށް އިއުލާނުކުރެއްވި ކަންކަމަކީ އެމަނިކުފާނުތެ މެނިފެސްޓޯގެ ހޮމެނޭ ކަންކަމުގެ ތެރެއިން އެދުވަސްކޮޅުތެރޭގައި އެންމެ މަދުވެގެން ވެސް ހާސިލްކުރާނެ މިންވަރުކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އޭގެ އިތުރަށް ވެސް ކަންކަން ކުރެވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ކެމްޕެއިންގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންގޮސް އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ދެއްކެވި ހުރިހާ ވާހަކަތަކާއި އަދި މެނިފެސްޓޯގައި ހިމެނޭ ހުރިހާކަމަކީވެސް ރައްޔިތުންނަށް ފުރިހަމައަށް ކޮށްދޭނެ ކަންތައް ކަމަށް ޑރ.މުއިއްޒު ވަނީ މިރޭވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ
އަދި މިރޭ ނެރުއްވި ފޮތަކީ އެކަންތައް ހާމަކޮށް ބޭއްވުމުގެ ގޮތުން ނެރުނު ފޮތެއް ކަމަށް ވިދާޅުވިއެވެ
"އަޅުގަނޑަށް ބައެއް ބޭފުޅުން ދެންނެވި ތިއީ ވަރަށް ގޯސްކަމެކޭ ތިކުރީ. ވަރަށް ނުރައްކާތެރިކަމެކޭ. ދެން ތި ފޮތް ނެރެގެން ނޯންނާނޭ ފިލޭނެ އެެއް ގޮތްވެސް. އަޅުނގަޑު ދެންނެވިން ދެއްތޯ ކެމްޕެއިންގައި އަޅުގަނޑު ރައްޔިތުން ގާތައް އައީ ކެމްޕެއިންކޮށް ނިންމާ ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ވޯޓުދީ ހޮވީމާ ފިލާކަށް ނޫނޭ." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ހުރިހާ ރަށެއްގައި އަދި ޕްރެސް ކޮންފަރެންސްތަކުގައި އަދި ޖަގަހަތަކުގައި ދެއްކެވި ހުރިހާވާހަކަތަކެއް އެ ފޮތުގައި ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރު ވަނީ އެއްވެސް ކަމެއް ނުފޮރުވާ ސަރުކާރަކަށް. ފޮރުވުމުގެ ބޭނުމެއްވެސް ނެތް. ކޮންކަމެއްތޯ ފޮރުވަން އޮތީ؟ ރައްޔިތުންނަށްޓަކައި ހިދުމަތްކުރަން ރައްޔިތުން ސަރުކާރެއް ހޮވީމާ ދެން ފޮރުވަންޖެހޭ ކަމެއް ނޯންނާނެ." އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.