އެގޮތުން އެމްޑަބްލިއުއެސްސީން އަތް ދޮންނަ ތަށި ބަހައްޓާފައި ވަނީ މާލޭ ލޯކަލް މާރުކޭޓާއި، މަސް މާރުކޭޓާއި، ވިލިމާލެ ފެރީ ޓާމިނަލް ކައިރީގަ އެވެ. އެތަނުން ކޮންމެ ތަނެއްގައި ހަ ތަށި ބަހައްޓާފައި ވެއެވެ.
ސީއެސްއާރުގެ ދަށުން އަތް ދޮންނަ ތަށިތައް ބަހައްޓާފައި ވާއިރު، އެމްޑަބްލިއުއެސްސީން ވަނީ އަތް ދޮންނަ އިރު ފެން އިސްރާފު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ވަނީ އާއްމުންނަށް ފަސޭހައިން އަތް ދޮވެވޭނެހެން ތައްޓާއި ސައިބޯނި ފުޅި ބައެއް ސަރަހައްދުތަކުގައި ބަހައްޓާފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން މުހިއްމެވެ. އަދި ފެން ނުލިބޭ ހާލަތެއް ނަމަ ހޭންޑް ސެނިޓައިޒާ ފުޅިއަކުން އަތް ސާފު ކުރަން ޖެހެ އެވެ.