
ސުޝާންތު ސިންގްގެ ކުރީގެ ލޯބިވެރިއާ ބުނީ އޭނާ 2020 ވަނަ އަހަރު ސުސާންތުގެ މަރާއި ގުޅިގެން ޖަލަށްލެވުމުން ގިނަބަޔަކު އެނާއަށް މަލާމަތްކޮށްހެދިކަމަށެވެ.
"އަހަންނަކީ ވިޗްއެއް (ސިހުރު ހަދާމީހެއް) ކަމަށް ބުނެ ފުރައްސާރަކުރި. ވިޗްކީމަ މިހާރު އެއްވެސް އެއްޗެކޭ ހިތަކަށްވެސް ނާރާ. މަލާމަތްކުރި މީހުން މިހާރު މަލާމަތްކުރުން ވެސް ހުއްޓާލައިފި. އެހެންވިއަސް އަދިވެސް ބޮލީވުޑުގެ ޕްރޮޖެކްޓުތަކުގަ އަހަންނާއެކު މަސައްކަތްކުރަން މީހުން ބުރުގަނޭ،" އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގަ ރިއާ ބުންޏެވެ.
ރިއާ ބުނީ ސުސާންތުގެ މަރަށްފަހު އޭނާއާއި އޭނާގެ އާއިލާއިން ތަހައްމަލު ކުރަމުން އަންނަނީ ހިތްދަތި ދުވަސްތަކެއްކަމަށެވެ. ނަމަވެސް ރަހުމަތެރިންގެ ފަރަތުން ލިބޭ އެހީތެރިކަން އޭނާ ފަހާގަކުރެއެވެ.
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު 2020 ވަނަ އަހަރު ދަންޖެހިފައި ހުއްޓާ ފެނުނީ، އޭނާގެ އެޕާޓްމަންޓުންނެވެ. އެ ތަހުގީގުގެ ތެރޭގައި ސުސާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ނާކޮޓިކްސް ބިއުރޯ ކޮންޓްރޯލުން، ޖަލުގައި 28 ދުވަހަށް ބަންދުކޮށްގެން މައްސަލަ ތަހުގީގުކުރިއެވެ.