ads
ސިފައިންނާއި ފުލުހުން އަމާން ބަލަހައްޓަނީ: ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަށް އާ އޮނިގަނޑު ވަނީ ފޮނުވާފައި - ފޮޓޯ:ސަން
ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަށް އާ އޮނިގަނޑު ފޮނުވައިފި
އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު، ޕޭ ކޮމިޝަނުން އެ އިދާރާތަކަށް މިއަދު ފޮނުވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަންނަ ޖެނުއަރީ މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަށް އެ ދެ އިދާރާގެ އާ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގަ އެވެ.

މިދިޔަ އޮގަސްޓް މަހު ބ. ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000 ރުފިޔާއިން 15،400 ރުފިޔާއަށް އިތުރުވާނެ ކަމަށެވެ. ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500 ރުފިޔާ މިހާރު ލިބޭއިރު، އަލަށް ގެންނަ ބަދަލުތަކާ އެކު 16،300 ރުފިޔާއަށް މުސާރަ ބޮޑުވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް، އިތުރު ތަފްސީލެއް އެމަނިކުފާނު ދެއްވާފައެއް ނުވެ އެވެ.

ނެޝަނަލް ޕޭ ކޮމިޝަނުން ސިފައިންނާއި ފުލުހުންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލާ އެ އިދާރާތަކަށް ފޮނުވާފައި މި ވަނީ ރައީސް ސޯލިހުގެ ފަސް އަހަރުގެ ދައުރު ހަމަވާން އެއް ދުވަހަށްވުރެ ކުޑަވެފައި ވަނިކޮށެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް