ads
އޮސްޓްރޭލިއާ - ބަންގްލަދޭޝް މެޗުގެ ތެރެއިން
ޮޮއޮސްޓްރޭލިއާ އަތުން ބޮޑުތަފާތަކުން ބަންގްލަދޭޝް ބަލިވެއްޖެ
ވޯލްޑްކަޕް ކޮލިފައިންގައި އޮސްޓްރޭލިއާ އަތުން ބޮޑު ތަފާތަކުން ބަންގްލަދޭޝް މިއަދު ބަލިވެއްޖެއެވެ.

މެލްބަންގައި، ބަންގްލަދޭޝް އޮސްޓްރޭލިއާ އަތުން މިއަދު ބަލިވީ ހަތް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޮސްޓްރޭލިއާއިންވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަނެއް ތިން ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. 

ވޯލްޑްކަޕް ކޮލިފައިންގައި އޮސްޓްރޭލިއާ ދެކޮޅަށް ބަންގްލަދޭޝް ކުޅެން ޖެހުނީ، ރާއްޖެ މައްޗަށް ކުރި ހޯދައިގެންނެވެ. ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވީ ތިން ލަނޑު ދެ ލަނޑުގެ އެގްރިގޭޓަކުންނެވެ.

ވޯލްޑްކަޕް ކޮލިފައިންގައި، ބަންގްލަދޭޝްއާ ދެކޮޅަށް އޮސްޓްރޭލިއާ ބުރާސްފަތި ދުވަހު ކުޅުނު މެޗަކީ، އޮސްޓްރޭލިއާގެ ހެޑް ކޯޗު، ގްރެހަމް އާނޯލްޑް އޮސްޓްރޭލިއާގެ ފިރިހެން ގައުމީ ޓީމުގެ ކޯޗިން ރެކޯޑް މުގުރާލި މެޗެވެ. މި މެޗާއެކު އާނޯލްޑްވެފައިވަނީ އޮސްޓްރޭލިއާ ޓީމަށް އެންމެ ގިނަ މެޗުގައި ކޯޗު ކޮށްދިން ކޯޗަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް