ads
އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދު މަންނާން ޔޫސުފް. ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
އަބްދުލް މަންނާން ޔޫސުފް އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހަމަޖައްސައިފި
އަބްދުލް މަންނާން ޔޫސުފް އެކްޓިން ޕޮލިސް ކޮމިޝަަނަރަކަށް ހަމަޖައްސައިފި އެވެ.

ފުލުހުންގެެ މީޑިއާ އޮފިސަލަކު ވިދާޅުވީ ޕޮލިސް ކޮމިޝަނަރު ހަމީދު ރިޓަޔާކުރައްވާފައިވާތީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން، އާ ކޮމިޝަނަރަކު އައްޔަންކުރެވެންދެން އިއްޔެ ފެށިގެން އެމަގާމުގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އަބްދުލް މަންނާން ޔޫސުފް އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހަމަޖައްސައިފި ކަމަށެވެ.

މަންނާން 2018 ނޮމެވްބަރު 19 ވަނަ ދުވަހު ވަނީ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކޮށްފަ އެވެ. 29 އަހަރު އޭނާ ފުލުހުންގެ އިދާރާއަށް ހިދުމަތް ކުރައްވާފައިވެ އެވެ.

ކޮމިޝަން އޮފް ޕޮލިސް ހަމީދު ރިޓަޔާކުރެއްވުމާ ގުޅިގެން މިހާރު ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރަކަށް އާ ބޭފުޅަކު އައްޔަން ކުރައްވާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއީއްޒު މިއަދު ހުވާ ކުރައްވާ ގައުމާ ހަވާލުވުމަށްފަހު އެވެ.

ހަމީދު އެމަގާމަށް އައްޔަން ކުރެއްވީ 2019 މާރިޗު 26 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް