ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އަހުމަދު ޝަކީލް ރިޓަޔާ ކުރެއްވީ އިއްޔެއެވެ. އަދި އާ ފަނޑިޔާރު މިއަދު ހުވައި ކުރެއްވުމާއެކުމި ވެގެންދާނީ އެންމެ އަވަހަށް އައްޔަން ކުރެވުނު ފަނޑިޔާރަށެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވައިލުމުން، އެ މަގާމަށް މާނިއު ހިމެނޭ ގޮތަށް ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި ބައެއް މެޖިސްޓްރޭޓުންނާއި ޕީޖީގެ ވަކީލަކުވެސް ހިމެނެއެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަން ކުރެއްވީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މާނިއުއަކީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އެންމެ ފަހުން އިންތިހާބު ކޮށްފައި ހުރި މެމްބަރެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މި ހަފުތާގަ އެވެ.