އީގަލްސްއިން މިއަދު މޮޅުވީ، ޔުނައިޓެޑު ވިކްޓްރީއާ ވާދަކޮށް އަށް ލަނޑު އެއް ލަނޑުންނެވެ.
ޔޫވީ ކޮޅަށް މެޗުގެ ފުރަތަމަ ޖެހީ މެޗުގެ ވަރަށް ކުރީކޮޅު ރިޒޭއެވެ. ދެވަނަ ލަނޑުވެސް ޖެހީ ރިޒޭއެވެ. މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނީއެވެ. ދެވަނަ ހާފުގައި ޖެހި ލަނޑަކާއެކު ރިޒޭ ހެޓްރިކެއް ހެދިއެވެ. އީގަލްސްގެ އަނެއް ފަސް ލަނޑު ޖެހީ، އިސްމާއީލް އީސާ، މޮންޓަނީގުރޯގެ ޕެޓްރޯވިޗް މިލޯވަން، އޭނާގެ ބަދަލުގައި ކުޅެން ނުކުތް އަބްދުﷲ ޒުހާން ހަސަން މުހައްމަދު، ޒައިން ޒަފަރު އަދި އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
ޔޫވީގެ ހަމައެކަނި ލަނޑު ޖެހީ، ފުޓްބޯޅައިގެ އުންމީދީ ކުޅުންތެރިޔާ ޒުވާން ޝަނާން ރަޝާދެވެ.
ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު އެވެ. އެ މެޗުގައި އީގަލްސް ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. މާޒިޔާ އާއި ޔޫވީ އެ ރޭގައި ކުޅޭނެ އެވެ.