އިސްތިއުފާ ދެއްވައިފައިވަނީ އާދަމް ރަމީޒާއި އަބްދުﷲ ނަސީރު (ހެރިންސް އައްޅޯ) އެވެ. އެދެބޭފުޅުން ވެސް އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެވެ.
ރަމީޒާއި ނަސީރު އަކީވެސް އިންތިހާބީ ރައީސް އާއި ވަރަށް އަރިސް ދެބޭފުޅުންނެވެ.
މުއިއްޒުއަށް ޕީޕީއެމް-ޕީއެންސީގެ ޓިކެޓް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައިވެސް ރަމީޒު ވަނީ މުހިއްމު ރޯލެއް އަދާކުރައްވާފައެވެ.
އޭގެ އިތުރުން ރިޔާސީ ކެމްޕެއިންގަވެސް ދެބޭފުޅުން ވަނީ އިސް ރޯލެއް އަދާކުރައްވާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިދެބޭފުޅުން ވެސް އައްޔަނުކުރަން ހަމަޖެހިފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށެވެ.