ads
ޑިމޮކްރެޓްސްއިން ބޭއްވި ވަގުތީ ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ދަ ޑިމޮކްރެޓްސް
އަދީބު އާއި ޒިޔަތުއަށް މައާފު ދިނުމުން ދަ ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފިި
އަދީބު އާއި ޒިޔަތުއަށް މައާފު ދިނުމުން އެކަން ކުށްވެރިކޮށް ދަ ޑިމޮކްރެޓްސް އިން ކުށްވެރިކޮށް ނޫން ބަޔާނެއް ނެރެފި އެވެ.
Advertisement

ދަ ޑިމޮކްރެޓްސް އިން ނެރެފައިވާ ނޫސް ބަޔާނުގައި އެމްއެމްޕީއާރްސީގެ މައްސަލާގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ކުރީީގެ ނައިބް ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ އަބުދުﷲ ޒިޔަތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މައާފު ދެއްވާ މިނިވަން ކުރައްވާފައިވާތީ އެކަން އިންތިހާއަށް ކުށްވެރިކުރާކަމަށް ބުނެފައިވެ އެވެ.

ނޫން ބަޔާނުގައި ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިންސާފު ހޯދުމާއި، ގެއްލިފައިވާ ފައިސާ ހޯދުމަކީ ރައީސް ސޯލިހުގެ 2018 ގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، އެމައްސަލާގައި އެއްވެސް ކާމިޔާބެއް ރައީސް ސޯލިހަށް ހޯދިފައިނުވާއިރު، ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ދައުވާ އުފުލާ ހުކުމްކޮށް، ހުކުމް ސާބިތުވެ، އެހުކުމް ތަންފީޒުކުރަމުންދާ ފަރާތްތައް މިނިވަން ކުރުމީ ސޯލިހުގެ ސަރުކާރުގެ ކިބައިގައި ދިވެހި ދައުލަތަށާއި ރައްޔިތުންގެ ހައްގުގައި ކުޑަވެސް އިހްތީރާމެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ރައީސް ސޯލިހު ރައީސުލްޖުމްހުރިއްޔާއަށް ލިބިގެންވާ ގާނޫނީ އިހްތިޔާރުތަކާ ބާރުތައް ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށާއި ވައްކަމާއި ހިޔާނާތުގެ ކުށް އެކަށީގެންވާ އަދަވެއް ނުލިބޭނޭކަން ސިޔާސީންނަށް ޔަގީންކޮށްދެއްވުމަށް ދިވެހިރައްޔިތުންގެ ގައުމީ މަސްލަހަތުތަކާ ދިމާ އިދިކޮޅަށް އަޅުއްވާފައިވާ ފިޔަވަޅެއްކަމަށް މިޕާޓީން ދެކޭކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ މުއްދަތު މުޅިންވެސް ހޭދަކުރެއްވީ ނަމުން "ޒީރޯ ޓޮލަރަންސް" ގައި ވައްކަމާއި، ހިޔާނާތާއި ފަސާދައިގެ ތެރޭގަ އެވެ. ދައުލަތުގެ މުވައްސަސާތަކާއި، ކުންފުނިތައް މެދުވެރިކޮށްގެން ވާގިވެރިންނާއި ގާތްތިމާގެ އާއިލީ ބޭބޭފުޅުންނާއި، އަމިއްލަފުޅު ޖީބަށް ބަރުކުރެއްވުމުގަ އެވެ. ރިސްވަތާއި ވައްކަމުން ފައިސާ ހޯދާ ކެންޕޭނަށް ފައިސާ ހަރަދުކުރުމުގައި އެވެ. އަދުލުވެރިކަމުގެ ސިފަތައް ދިވެހިގެ ދައުލަތުން ނައްތާލެއްވުމަށް މަސައްކަތް ކުރެއްވިއެވެ.

ނައިބު ރައީސް އަދީބުއާއި މުއާމަލާތްކޮށް ދެވަނަ ދައުރެއް ހޯދެއްވުމުގެ ބޭނުމުގައި ހިންގެވި ޖަރީމާތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯދެއްވުމުގައި ޑީލެއް ދަށުން ނައިބް ރައީސް މިނިވަސްކުރުމަކީ މިތުހުތަކަށް ބާރުދޭ އަލިގަދަ ގަރީނާއެއްކަންވެސް ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މި ނޫސް ބަޔާން ނިންމާލަމުން ބުނެފައިވަނީ އަލަށް ހަވާލުވާ ޕްރޮގްރެސިވް ކޯލިޝަނުން ރައީސް ސޯލިހު މި ނިންމެވުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ކިހާ މިންވަރެއް ވޭތޯ ބަލާދިނުމަށާއި، ދިވެހިރާއްޖޭގެ މަސްލަހަތުގެ މައްސަހަތުގެ މައްޗަށް ދެ މުޖުރިމަކަށް އެންމެ ލުއިގޮތް އިސްކުރުމުގައި ހިންފާފައިވާކަމަށް ތުހުމަތު ކުރެވޭ ނުފޫޒު ބާރު، ފައިސާއާއި މަގާމުގެ މުއާމަލާތައް ތަހުގީގުކޮށް ފިޔަވަޅު އަޅާދިނުމަށް އެޕާޓީން އެދޭކަމަށް ބުނެ އެވެ.

އަދީބާއި ޒިޔަތަށް އިއްވާފައިވާ 20 އަހަރުގެ ހުކުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލުއި ދެއްވުމާ ގުޅިގެން އަދީބާއި ޒިޔަތު މިހާރު ވަނީ މިނިވަންވެފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދައުވާއަކާ ގުޅިގެން އެމަނިކުފާނު މިވަގުތު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްމުންނެވެ.

އަދީބާއި ޒިޔަތަށް އިއްވާފައިވާ ހުކުމަށް ލުއި ދީފައިވާތީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް