މި ފޮޓޯގެ ހަގީގަތް ބަލާލާއިރު މި ފޮޓޯއަކީ، ބުދަ ދުވަހު ސޯނަމް ކަޕޫރާއި އަނަންދު އަހޫޖާ ބޭއްވި ޕާޓީއެއްގައި ނަގާފައިވާ ފޮޓޯއެކެވެ.
ޕާޓީއަށް ފަހު ސޯޝަލް މީޑިއާގައި ޕާޓީގެ ބައެއް ފޮޓޯތައް ވައިރަލްވެފައިވާއިރު، މަޝްހޫރު ބޮލީވުޑްގެ މަޝްހޫރު ތަރިންނާ އެކު ބެކަމް އުފާކުރާ މަންޒަރު ފެނެ އެވެ.
ޑޭވިޑް ބެކަމް އަދި ކަރިޝްމާ
ޑޭވިޑް ބެކަމްއާއެކު ދެ ފޮޓޯއެއް ކަރިޝްމާ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު، ބެކަމްއާއެކު ފޮޓޯ ނެގީ "ދަރިންނަށްޓަކާ" ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާއާއި އެނާގެ ދަރިންނަކީ ޑޭވިޑް ބެކަމްގެ ވަރަށް ބޮޑު ފޭނުންކަމަށް ކަރިޝްމާ ވަނީ ބުނެފައެވެ.