ads
ބޮނޑާއެކު އޮތް ބަޖިޔާ
ބޮނޑަކާ އެކު އޮތް ބަޖިޔަލެއް ކައިގެން އުއްތުރަ ޕްރަދޭޞް ދެ ބަަފައިން ބަލިވެއްޖެ
އިންޑިއާގެ އުއްތުރަ ޕްރަދޭޝްގައި ބޮނޑަކާ އެކު ތެލުލާފައި އޮތް ބަޖިޔަލެއް (ސަމޯސާ) ކައިގެން ދެ ބަފައިން ބަލިވެއްޖެއެވެ.

މިހާދިސާ ހިނގިގޮތް ކިޔައި ދެމުން ބަޖިޔާ ކެއި ފިރިހެން އެމީހާ ބުނީ އޭނާ ދަރިފުޅު ފޮނުވައިގެން ހޮޓަލަކުން ބަޖިޔާ ގަތްކަމަށެވެ. އަދި އޭނާ ދޮށީ ފިރިހެން ދަރިފުޅު ބަޖިޔާ ގެނެސްދިނުމުން އެތަނުން އެއް ބަޖިޔާ ކާލިފަހުން އޭނާގެ ކުޑަ އަންހެން ދަރިފުޅު ކާން އިން ބަޖިޔަލުގެ ތެރެއިން ބޮނޑެއް ފެނުނު ކަަމަށެވެ. 

ބަޖިޔާ ކެއި ދެ ބަފައިން ބަލިވިކަމަށާއި، އެމީހުންނަށް ބޯ އެނބުރުމާ ހޮޑުލެވުން ފަދަ މައްސަލަތައް ދިމާވިކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮނޑު ފެނުމުން ބަޖިޔާ ގަތް ހޮޓަލަށް ގޮސް ފުލުުހުންނާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ގުޅައި އެ ދެ ތަނުގެ އޮފިޝަލުން އެ ހޮޓަލަށް ގެނައެވެ. ނަމަވެސް ހޮޓަލުގެ ވެރިފަރާތާމެދު ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެއްވެސް ފިޔަވަޅެއް ނާޅާކަމަށް ބަޖިޔާ ކެއި މީހާ ބުންޏެވެ. 

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް