ޝިލްޕާ ޝެޓީ ވަނީ 'ބާޒީގަރު' އަށް 30 އަހަރު ފުރުމުގެ ހަނދާނުގައި ފިލްމުގެ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. 'ބާޒީގަރު' ގައި ޝިލްޕާ ފެންނަނީ ކުޑަ ރޯލަކުން ނަމަވެސް އޭނާގެ ކެރެކްޓަރުގެ ސަބަބުން ބެލުންތެރިންނަށް ބޮޑު އަސަރެއް ކުރި އެވެ.
ފިލްމީ ދާއިރާގައި 30 އަހަރު ފުރުން ފާހަގަ ކުރަމުން ޝިލްޕާ ވަނީ ނޮވެމްބަރު 14 ވީ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ފިލްމްގެ ކާސްޓުންނާއި ކްރޫއަށް ހާއްސަ މެސެޖެއް އާންމުކޮށްފައެވެ.
ޝިޕްލާ ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖުގައި ވަނީ ޝާހުރުކް ހާން އާއި ކާޖޮލް އަށްވެސް ޝުކުރު އަދާކޮށްފައެވެ.
އޭނާ އެކްޓުކުރަން ދަސްކޮށްދިން ސްކޫލަކީ ޝާހުރުކް ހާން ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އަބަދުވެސް ޝާހުރުކް ހާންގެ ފޭނެއްގެ ގޮތުގައި ދެމި ހުންނާނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.