ރައީސް އޮފީހުން ބުނީ މުހައްމަދު މުއިއްޒާއި ހުސައިން މުހައްމަދު ލަތީފް، މަގާމުގެ ގާނޫނީ ހުވާ ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ކަމަށެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވާ ކުރެއްވުމަށްފަހު ތަގުރީރު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.