ads
އިންތިހާބީ ރައީސް މުއިއްޒު: ހުވާ ކުރެއްވުމުގެ ޖަލްސާގެ ތައްޔާރީތައް ބައްލަވާލެއްވުމަށް އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޖުމްހޫރީ މައިދާނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅުދެއްވުން މިރޭ
ޑރ. މުހައްމަދު މުއިއްޒު، އެކުލަވާލައްވާ ވަޒީރުންގެ މަޖިލިހުގެ މެންބަރުން، މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާއި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލިހަށް މެންބަރުން އައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެ ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވާ ކުރެއްވުމާއި އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ގާނޫނީ ހުވާ ކުރެއްވުން މިއަދު ހަވީރު އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ އޮފީހުން ބުނެފައި ވަނީ މުހައްމަދު މުއިއްޒާއި ހުސައިން މުހައްމަދު ލަތީފް، މަގާމުގެ ގާނޫނީ ހުވާ ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ކަމަށެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވާ ކުރެއްވުމަށްފަހު ތަގުރީރު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް