ads
ބީއެމްއެލުން ކުރިއަށް ގެންދިޔަ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން މުވައްޒަފުންނަށް ކެންސަ ސްކްރީނިން ޕްރޮގްރާމެއް ބާއްވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުވައްޒަފުންނަށް އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާ އަދި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.
Advertisement

ބީއެމްއެލުން ބުނީ ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި އެ ސްކްރީނިންގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައި ކަމަށެވެ. 

އެ ބޭންކުން ދަނީ ގަވާއިދުން މުވައްޒަފުންނަށް ކެންސަ ސްކްރީން ޕްރޮގްރާމްތައް ބާއްވައި، ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުމުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދީ ބާރުއަޅަމުން ކަމަށް ބީއެމްއެލުން ބުނެ އެވެ. 

ބީއެމްއެލުން ބުނި ގޮތުގައި ސީއެސްއެމް އާއެކު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން އެ ސޮސައިޓީ އާ ގުޅިގެން އެ ބޭންކުން ވަނީ މި ނޮވެންބަރު މަހު ކެންސަރަށް ސްކްރީން ކުރުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ނ. އަތޮޅުގެ ރަށްތަކުގައި ޕްރޮގްރާމްތަކެއް ހިންގާފައި ކަމުގަ އެވެ.

ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމަށާއި ބަލިން ރައްކާތެރިވުމަށް ދުރާލާ ޓެސްޓު ކުރުމަށް ބާރުއެޅުމަށް 2016 ވަނަ އަހަރުން ފެށިގެން އެ ބޭންކުން ދަނީ ޕިންކް ރިބަން ރަން-ވޯކްއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް