ads
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސްގެ ހުވާ: އަހުރެން، މާފަންނު ދިމްޔާތު، މުހައްމަދު މުއިއްޒު....!
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި....
"އަހުރެން، މާފަންނު ދިމްޔާތު، މުހައްމަދު މުއިއްޒު، އިސްލާމް ދީނަށް ހުރިމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ރައީސުލްމުހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާ އެކު، އަދާކުރުން މަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާ ކުރަމަވެ."

ޑރ. މުއިއްޒު އަކީ ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ހަތް ވަނަ ރައީސެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމުގެ ހުވާ، ރައީސް ޑރ. މުއިއްޒު ކުރެއްވީ އެކަމަށްޓަކައި ކުޑައިރުކޮޅެއްގެ ކުރިން ޖުމްހޫރީ މައިދާާނުގައި ކުރިޔައަށް ދިޔަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ހާޒިރުގަ އެވެ. މަގާމުގެ ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން އެވެ. 

ޑރ. މުހައްމަދު މުއިއްޒާއި، އަލްއުސްތާޒު ހުސެއިން މުޙައްމަދު ލަތީފް މަގާމުގެ ހުވަކުރެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާއެއްގައެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ޖަލްސާއެއް ބާއްވަވާ މަޤަމާއި ޙަވާލުވެވަޑައިގަތް ރައީސުލްޖުމްހޫރިއްޔާއަކީ ޑރ.މުހައްމަދު މުއިއްޒެވެ. އެމަނިކުފާނާއި ނައިބު ހުވާކުރެއްވުމުގެ ޖަލްސާގައި ބައިވެރިވުމަށް ބޭރު ގައުމުތަކުގެ އިސް ބޭފުޅުންވަނީ ވަޑައިގަންނަވާފަ އެވެ.

ހަމައެއާއެކު މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވި މި ޖަލްސާއަށްވަނީ 3500 ބޭފުޅުންނަށް ދަޢުވަތު އަރުވާފައެވެ. އަދި އާއްމުންގެ ތެރެއިން 1000 ފަރާތަކަށްވަނީ ހުޅުވާލައިގެން ދައުވަތު އަރުވާފަ އެވެ.

ޑރ.މުއިއްޒު ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ވެވަޑައިގަތީ ސެޕްޓެމްބަރު އަދި އޮކްޓީބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެބުރުގައިވެސް ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

ރާއްޖެ އަކީ ގާނޫނުއަސާސީން ތިން ބާރު ވަކި ކުރެވިފައި އޮތް ގައުމެކެވެ. ކޮންމެ ބާރަކަށް ވެސް އެ ބާރަކަށް ގާނޫނުއަސާސީން ދީފައި އޮތް އިމުގެ ތެރޭގައި މަސައްކަތް ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިދެ އެވެ. 

ރާއްޖޭގެ ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މައްސަލަ އަކީ ރައްޔިތުންގެ އިތުބާރު އޮންނަ، ރައްޔިތުންނަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން ލިބޭ ވަރުގެ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމެއް ރާއްޖޭގައި ނެތުމެވެ. ރައްޔިތުންގެ ފަރާތުން އެ ޔަގީންކަން ހޯދައިދިނުމަށް ވެރިކަމަށް އަންނަ ބަޔަކު އިޚްލާސްތެރިކަމާ އެކު މަސައްކަތްތަކެއް ކޮށްދޭންޖެހެ އެވެ.

އަޅުގަނޑުގެ އެދުމަކީ ރައްޔިތުން އިންތިހާބު ކުރި، އާ ރައީސުލްޖުމްހޫރިއްޔާ، މިއަދު އެކުރެއްވި ގާނޫނީ ހުވަޔާއި އެއްގޮތަށް ވެރިކަން ކުރައްވާތޯ ތިބޭފުޅުން ބެއްލެވުމެވެ. ސަބަބަކީ ވެރިކަމެއް ފެށުމާއި ނިމުމުގެ "ވަލީ ކޮމިޓީ" އަކީ ދިވެހި ރައްޔިތުން ނެވެ. އެއީ ހަމައެކަނި ރައީސުންގެ ސަޕޯޓަރުންނެއް ނޫނެވެ. 

ވައުދާއި ހުވާކޮށް އެހަނދާން ނެތޭ ވެރީން އާއްމުވެއްޖެ ނަމަ ތެދުވެރިން މަދުވެ ދޮގުވެރިން ގިނަވެދާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް